ސުނާމީގެ ކާރިސާއާ ގުޅިގެން ރައީސް އޮފީސް ކުރިމަތީ މިއަދު ބޭއްވި ސުކޫތު

ސުނާމީ ކާރިސާ

ސުނާމީގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ބާއްވައިފި

މި ސުކޫތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައިވޭ

މީގެ 20 އަހަރު ކުރިން، 24 ޑިސެމްބަރު 2004ގައި ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި މަރުވި މީހުންގެ ހަދާނުގައި މިއަދު ސުކޫތެއް ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީސް ކުރިމަތީގައި މި ސުކޫތު ބާއްވާފައި ވަނީ، ސުނާމީ އެރި ވަގުތު ކަމުގައިވާ ހެނދުނު 9:23ގަ އެވެ.

ތަފްސީލު - މި ސުކޫތުގައި ރައީީސް މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ އިތުރުން، ވަޒީރުންނާއި ސިޔާސީ މުވައްޒަފުން އަދި ސަރުކާރު އޮފީސްތަކުގެ އެހެން މުވައްޒަފުން ވެސް މި ސުކޫތުގައި ވަނީ ބައިވެރިވެފަ އެވެ.

ސުނާމީ ކާރިސާ ކުރިމަތިވި 26 ޑިސެމްބަރު ފާހަގަކުރަނީ ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ. އެއީ، އެ ދުވަހުގައި ދިވެހިން ދެއްކި އެއްބާވަންތަކަމަށް ނިސްބަތްކޮށް އޭރު ދެވިފައިވާ ނަމެކެވެ.

ސުނާމީ ކާރިސާ:

  • ރާއްޖެއިން 82 މީހުން މަރުވި

  • އޭގެ އިތުރުން، 26 މީހަކު ގެއްލުނު

  • ގިނަ ބައެއްގެ ގެދޮރު ގެއްލި، ވަރަށް ބޮޑަށް އެކި ރަށްރަށަށް ގެއްލުންވި

  • މި ކާރިސާ ކުރިމަތިވީ، އިންޑޮނޭޝިއާގެ ސުމަޓްރާއަށް ރެކްޓާ މިންގަނޑުން 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން

ކޮމެންޓް (1)

ޢަހްމަދު

4 ޖެނުއަރީ 2025
ސުކޫތަކީ ދީނީގޮތުން ތަރުހީބު ދެވޭ ކަމެއް ނޫންކަމުގައި ފާހަގަކުރެވެނީ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން އަދި ރައީސުލްޖުމްހޫރިއްޔާވެސް މިކަމުގައި ކަންއޮތްގޮތް އިލްމުވެރިންގެ ގާތުން އޮޅުންފިލުވާ ދީނީ ގޮތުން ރަނގަޅުނޫން ކަންތައް ހުއްޓުމަކަށް ގެންނާނެ ކަމަށް އުއްމީދުކުރަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް