ސުނާމީ އަށް 20 އަހަރު: ބިރުވެރި ކާރިސާ ކުރުކޮށް
ދުނިޔޭގައި މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބާރު ފަދަ ބިންހެލުންތަކުގެ ތެރެއިން އެއް ބިންހެލުމަކީ 26 ޑިސެމްބަރު 2004ގެ ހެނދުނު އިންޑޮނީޝިއާއަށް އައި ބިންހެލުމެވެ. މި ބިރުވެރި ކާރިސާގައި 200،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ސުނާމީ އުފެދުނީ އިންޑޮނީޝިއާ ގަޑިން ހެނދުނު 7:59 ގައި (ރާއްޖޭ ގަޑިން ހެނދުނު 5:59) އިންޑޮނޭޝިއާގެ ސުމާޓްރާގެ ހުޅަނގު އުތުރު ކޮޅުން ކަނޑުގެ 250 ކިލޯމީޓަރު ބޭރަށް އައި 9.1 މެގްނިޓިއުޑްގެ ބިންހެލުމާ އެކު އެވެ.
-
މި ބިންހެލުން އައީ ކަނޑު އަޑީގެ ތަޅުމުން ފެށިގެން 30 ކިލޯމީޓަރު އަޑިއަށެވެ. މިއީ އިންޑޯ-އޮސްޓްރޭލިއަން ޕްލޭޓްގެ ބައެއް ބަރުމާ ޕްލޭޓްގެ ދަށަށް ވަދެގެންދާ ސަރަހައްދެކެވެ. ބިންގަނޑު ފަޅައިގެން ދިޔަ ބައިގެ ދިގުމިނަކީ ގާތްގަނޑަކަށް 1,300 ކިލޯމީޓަރެވެ.
މި ބިންހެލުމުގެ ވަރުގަދަ ހެލުން އިންޑޮނޭޝިއާގެ އިތުރަށް ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ، ދިވެހިރާއްޖެ، މިއަންމާ، ސިންގަޕޫރު، ސްރީ ލަންކާ އަދި ތައިލެންޑުގައި ވެސް އިހުސާސްކުރެވުނެވެ.
ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ، އިންޑިއާ، ތައިލެންޑް، ސޯމާލިއާ، ދިވެހިރާއްޖެ، މެލޭޝިއާ، މިޔަންމާ، ޓެންޒޭނިއާ، ބަންގްލަދޭޝް އަދި ކެންޔާ ހިމެނެ އެވެ.
މި ކާރިސާގައި އިންޑޮނޭޝިއާގެ އަޗޭ އަދި ސުމާޓްރާގެ އުތުރު ޕްރޮވިންސްގައި، މަދުވެގެން 108،100 މީހުން މަރުވެ، 127،700 މީހުން ގެއްލިފައިވާ ކަމަށް ލަފާކުރެވެ އެވެ. އަދި 426،800 މީހުން ހިޖުރަކުރަން މަޖުބޫރުވި އެވެ.
ސްރީލަންކާއާ އަޅާބަލާއިރު ރާއްޖެއަށް ސުނާމީގެ އަސަރު ނިސްބަތުން ކުޑަވީ ރާއްޖޭގެ ވަށައިގެންވާ ކަނޑު ފުންވުމުންނެވެ. އެކި އަތޮޅުތައް ވަކިކޮށްދޭ ފުން ކަނޑުއޮޅިތަކުގެ ސަބަބުން ސުނާމީގެ ބާރު ކުޑަވީކަމަށް ވެސް ވެއެވެ. އެންމެ އުސްކޮށް މިންކުރެވުނު ސުނާމީގެ ރާޅު އެރީ ތ. ވިލުފުއްޓަށެވެ. އެ ރާޅުގެ އުސްމިނުގައި 4 މީޓަރު (12 ފޫޓު) ހުރި ކަމަށް ބެލެވެ އެވެ.
ރާއްޖެއަށް ސުނާމީ އައީ ބިންހެލުމުގެ ދެ ގަޑިއިރު ފަހުންނެވެ.
ރާއްޖެއަށް އައި ސުނާމީ ރާޅުގެ އުސްމިން:
-
1.3–2.4 މީޓަރު: މާލޭގައި
-
2 މީޓަރު: ހުޅުލޭގައި
-
1.7–2.8 މީޓަރު: އެނބޫދޫ ފިނޮޅުގައި
-
2.5–3.3 މީޓަރު: ލ. ފޮނަދޫގައި
-
2.2–2.9 މީޓަރު: ލ. ގަމުގައި
-
2.2–2.4 މީޓަރު: ކ. ހުރާގައި
މިއީ ތާރީހުގައި އެންމެ ގިނަ މީހުން މަރުވި ސުނާމީ ކަމަށް ބެލެވެ އެވެ. ސާދަ ގައުމަކުން 230،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
ސުނާމީގައި އެންމެ ގިނައިން މީހުން މަރުވި ހަތް ގައުމު:
-
އިންޑޮނީޝިއާ - 167،540
-
ސްރީ ލަންކާ - 35،322
-
އިންޑިއާ - 16،269
-
ތައިލެންޑް - 8،212
-
ސޯމާލިއާ -289
-
ދިވެހިރާއްޖެ - 108
-
މެލޭޝިއާ - 75
ސުނާމީގެ ބައެއް ތަފާސްހިސާބުތައް
-
9.1: ސުނާމީ އުފެދުނު ބިންހެލުމުގެ މެގްނިޓިއުޑް. އިންޑޮނޭޝިއާގެ ސުމަޓްރާ ޖަޒީރާގެ ހުޅަނގު އައްސޭރި ފަށުން ފެށިގެން
-
މިއީ 1900 އިން ފެށިގެން ދުނިޔޭގައި ހިނގި ތިން ވަނައަށް އެންމެ ބޮޑު ބިންހެލުން
-
20 މީޓަރު: އިންޑޮނޭޝިއާގެ އަޗޭ ސަރަހައްދަށް އެރި އެންމެ ބޮޑު ރާޅުގެ އުސްމިން
-
23،000 އެޓޮމިކް ބޮން: ބިންހެލުމުން ބޭރުވި ހަކަތައިގެ މިންވަރު ދެވަނަ ބޮޑު ހަނގުރާމައިގައި ހިރޯޝިމާއަށް އެމެރިކާއިން އެޅި އެޓޮމިކް ބޮމުން ބަލާ ނަމަ އަރާ އަދަދު
-
230،000: މަރުވި މީހުންގެ އަދަދު
-
ފާއިތުވި ތިން ގަރުނުގައި މަތީގައިވާ އަދަދަށް ވުރެ މީހުން މަރުވި ގުދުރަތީ ކާރިސާތަކުގެ އަދަދު
-
1931ގައި ޗައިނާގައި ހިނގި ފެންބޮޑުވުމުގައި 1 މިލިއަނަށްވުރެ ގިނަ މީހުން މަރުވި
-
1970ގައި ބަންގްލަދޭޝްއަށް ތޫފާނެއް އަރައި 300،000 އަށް ވުރެ ގިނަ މީހުން މަރުވި
-
1976ގައި ޗައިނާއަށް އައި ބިންހެލުމެއްގައި މަދުވެގެން 255،000 މީހުން މަރުވި
-
9.9 ބިލިއަން ޑޮލަރު: އެކި ގައުމުތަކަށް ލިބުނު ގެއްލުމުގެ މިންވަރު
On this day in 2004, the Indian Ocean Tsunami swept across @VelanaAirport causing destruction & devastation. The fire service operation that ensued focused on rescue and bringing airport back to operations. Remembering those who served valiantly in the face of catastrophe. pic.twitter.com/Z2RAjASW8H
— Maldives Airport Fire & Rescue (@AirportFire_mv) December 26, 2020