މިދިޔަ ސަރުކާރުގައި ހަައުސިން މިނިސްޓްރީއަށް ގޮސް ތިބި އާންމުންގެ ބަޔަކާއި މީޑިއާތަކާ އަކްރަމް ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ހުސެން ސުނޭން)
ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން އެ މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓު މިއަދު ހިފަހައްޓައިފި އެވެ.
ތަފްސީލް - އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓާފައިވަނީ:
-
ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
-
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
-
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު
-
ކުރީ ސަރުކާރާއި މި ސަރުކާރުގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ވިޝާން ނަސީމް
އެނގުން މުހިއްމު - ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް މިއަދު ވަނީ ހިފަހައްޓާފަ އެވެ.
ފަޒުލް އާއި ފަޒީލް މިހާރު ތިބީ ސަސްޕެންޑްކޮށްފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ތިން ބިމެއް ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ހަ ފަރާތަކުން އެ ބިންތަކަށް ލިޔުން ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ވިދާޅުވިގޮތުގައި:
-
ތިން ބުމުގެ ތެރެއިން ދެ ބިމަކީ ބިންވެރިޔާ ސްކީމުން ޝަރުތު ހަމަވެގެން އެހެން ބަޔަކަށް ލިބިފައިވާ ބިންތައް
-
އެއް ބިމަކީ އެއްވެސް ފަރާތަކަށް ދީފައިވާ ބިމެއް ނޫން
-
އެ ބިންތަކަށް ހަ ފަރާތަކުން ލިޔުންތައް ހުށަހެޅިއިރު އެ ފަރާތްތަކަކީ ސްކީމުން ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ފަރާތްތައް
-
އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސްކީމަށް ފޯމް ހުށަވެސް ނާޅާ
-
އަނެއްބައި ފަރާތްތަކަކީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތައް
ޝަރީފް ވިދާޅުވީ ޕޯޓަލްއަށް ހުށަހަޅާ ލިޔެކިޔުންތަކާ ގުޅިގެން އެތަކެތީގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީއަށް އެކި ސިޓީތައް އެކިފަހަރު ފޮނުވާފައިވާ ކަމަށެވެ.
އެ ލިޔުންތައް ހުށަހެޅި ފަރާތްތަކާ ސުވާލުކުރިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އޭގެ ތެރެއިން ބައެއް ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ހުށަހެޅި ލިޔުންތައް އެ މީހުންނަށް ދީފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ދިނީ ޝަރުތު ހަމަނުވާ ކަމަށް ޝަކުވާ ހުށަހެޅުމުން އޭރުގެ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހުންގެ އަތުގައި ހުރި ލިޔުންތައް ތަހުގީގަށް ނަގައި މިހާރު ހައުސިން މިނިސްޓްރީއަށް ވެސް ގޮސް އެތަނުން ލިބެންހުރި ޑިޖިޓަލް ލިޔުންތައް ހޯދައި ތަހުލީލް ފަށާފައިވާ ކަމަށެވެ.
ކޮމެންޓް (4)
އެދުރު
ކަމާލް އަލީ ދީދީ
ކޮސް
ރިބަނަން