ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފޮޓޯ/ދައުރު)

ފުލުހުން

3 ބިމަކަށް ވަގު ލިޔުން ހުށަހަޅާފައިވޭ؛ 6 މީހަކާ ސުވާލުކޮށްފިން: ފުލުހުން

އެ ބިންތަކަށް ސައްހަ ނޫން ލިޔުން ހުށަހެޅުމުގެ ތުހުމަތުގައި ހަ މީހަކާ ސުވާލުކުރިއިރު އޭގެ ތެރެއިން ބައެއް މީހުންނަކީ ޝަރުތު ހަމަނުވާ ކުރިމަތިވެސް ނުލާ މީހުން
19 ޑިސެމްބަރު 2024

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ބިން ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ތިން ބިމަކަށް ކަމަށާއި ހަ ފަރާތަކުން އެ ބިންތަކަށް ލިޔުން ހުށަހަޅާފައިވާކަން ފާހަގަވެފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބިންވެރިޔާ ސްކީމުން ބިން ނުލިބޭ ފަރާތްތަކަކަށް ގޯތި ދޭން އެޗްޑީސީން މަސައްކަތް ކުރި ކަމަށް ސޯޝަލް މީޑިއާގައި އާންމުވި ލިޔުންތަކަކާ ގުޅިގެން ފުލުހުން ފަށާފައިވާ ތަހުގީގާ ގުޅޭ ގޮތުން މިރޭ ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ތަފްސީލް - އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެޗްޑީސީ ޕޯޓަލްއަށް ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާފައިވާ މިހާތަނަށް ފާހަގަވީ ތިން ބިމަކާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން:

  • އޭގެ ތެރެއިން ދެ ބިމަކީ ބިންވެރިޔާ ސްކީމުން ޝަރުތު ހަމަވެގެން އެހެން ބަޔަކަށް ލިބިފައިވާ ބިންތައް

  • އެއް ބިމަކީ އެއްވެސް ފަރާތަކަށް ދީފައިވާ ބިމެއް ނޫން 

  • އެ ބިންތަކަށް ހަ ފަރާތަކުން ލިޔުންތައް ހުށަހެޅިއިރު އެ ފަރާތްތަކަކީ ސްކީމުން ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ފަރާތްތައް 

  • އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސްކީމަށް ފޯމް ހުށަވެސް ނާޅާ 

  • އަނެއް ބައި ފަރާތްތަކަކީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތައް

ޝަރީފް ވިދާޅުވީ ޕޯޓަލްއަށް ހުށަހަޅާ ލިޔެކިޔުންތަކާ ގުޅިގެން އެތަކެތީގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީއަށް އެކި ސިޓީތައް އެކިފަހަރު ފޮނުވާފައިވާ ކަމަށެވެ. 

އެ ލިޔުންތައް ހުށަހެޅި ފަރާތްތަކާ ސުވާލުކުރިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އޭގެ ތެރެއިން ބައެއް ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ހުށަހެޅި ލިޔުންތައް އެ މީހުންނަށް ދީފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ދިނީ ޝަރުތު ހަމަނުވާ ކަމަށް ޝަކުވާ ހުށަހެޅުމުން އޭރުގެ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ. 

ފުލުހުން އިތުރަށް ބުނީ އެ މީހުންގެ އަތުގައި ހުރި ލިޔުންތައް ތަހުގީގަށް ނަގައި މިހާރު ހައުސިން މިނިސްޓްރީއަށް ވެސް ގޮސް އެތަނުން ލިބެންހުރި ޑިޖިޓަލް ލިޔުންތައް ހޯދައި ތަހުލީލް ފަށާފައިވާ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް