ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ

އިޒްރޭލް ޕާސްޕޯޓު އިސްލާހު ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބަލައެއްނުގަތް

މަޖިލިސް ގަވައިދުގައިވާ ގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށައެއް ނޭޅޭނެ

އިޒްރޭލް ރައްޔިތުން ރައްޖެއަށް އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ބިލު ލަސްވާތީ އެކަމާ ގުޅިގެން އެ ޕާޓިގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބަލައިނުގަނެ، އަނބުރާ ފޮނުވާލައިފި އެވެ.

މައްސަލަ ބަލައިގަނެފައި ނުވަނީ، ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ހަމަ ނުވާތީ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެ ބިލު ހުށަހެޅުއްވީ މީގެ ހަތަރު މަސް ކުރިން ޖޫން މަހުގެ ކުރީކޮޅު އެވެ. އެގޮތުން:

  • އޭގެ ފަހުން އެ ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާގައި މިހާރު އޮތީ 'ތާށި"ވެފައި 

  • އެހެންވެ، އެކަމަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) 

ތަފްސީލު - އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ދެމުން ގެންދާ ހަމަލާތަކަށް އަހަރެއްވީއިރު އެ ކަން ކުށްވެރިކުރުން ފިޔަވާ ހަރުދަނާ އެއްވެސް ފިޔަވަޅެއް އެޅުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. 

"އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅުމާ އެކު، ހަމަ އެދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިއުލާންކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެނެ އެވެ." ކުއްލި މައްސަލައިގައިވެ އެވެ.

ކުއްލި މައްސަލަައިގައި ފާހަގަކުރި ގޮތުގައި އެ ބިލު ކޮމިޓީ މަރުހަލާގައި "ހުއްޓުވާފައި" އޮންނަތާ ހަތަރު މަސް ވެގެން ދިޔައިރު، ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮތް މަޖިލީހުން ހުށަހަޅަން ބޭނުންވާ އެތައް ބިލަކާއި އެހެން ކަންކަން ހުށަހަޅައި، ފާސްކޮށްފައިވެ އެވެ. އަދި މި އިސްލާހު ލަސްވުމުން އޭގެން ދޭހަވަނީ ސަރުކާރުގެ ނުބައިނިޔަތާއި ކޮންމެ ކަމެއްގައިވެސް ބަހާ އަމަލާ ދިމާނުވާކަން ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ:

  • މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަޖިލިސް ބޮލުގައި މިކަން އެޅުވުމަށް

  • އެ އިލްޒާމްތަކުން ދުރުވުމަށް ވެސް އެ ބިލު އަވަސް ކުރަން ޖެހޭ ކަމަށް ބުނެފައިވޭ

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް އަބްދުއްރަހީމް ވިދާޅުވީ، މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ކުއްލި މައްސަލަ ލިބިފައިވާ ކަމަށެވެ. ނަމަވެސް މަޖިލިސް ގަވައިދުގައި ބުނާ "ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަ ނުވާތީ، އެ މައްސަލަ ޖަލްސާއަށް ހުށަހެޅެން ނެތް" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެންގުން މުހިންމު - މަޖިލިސް ގަވައިދުގެ 192ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަމެއް، ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ލިބިގެންެވެ އެވެ. އަދި އެ މައްސަލައަކީ، މަޖިލީހަށް ހުށަހަޅާފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާ ގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ވެގެން ނުވާނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ޓިނު ވަގު

21 އޮކްޓޯބަރު 2024
އިސްލާމީ އުންމަތް ސަލާމަތް ކުރަން އަޅާ ފިޔަވަޅުގެ ސަބަބުން ޔަހޫދީން ރާއްޖެ އަށް ހަމަލަދީ މަރާލަފާނެތީ ބިރުން ޖެހިލުން ވަނީ. ކޮބާ ސަރުކާރުގައި ތިބި މީހުންގެ އަގީދާ ވަރުގަދަ އެއް ނޫނެނެއްނުން . އިސްލާމީ ގައުމެކޭ ބުނާނަން ދަތި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް