އިޒްރޭލު ޕާސްޕޯޓް މަނާކޮށް ބޭއްވި މުޒާހަރާ (ފޮޓޯ/ ނަވިން ސައީދު)

އިޒްރޭލް ޕާސްޕޯޓު މަނާ ކުރާ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

އެ ބިލު ފާސްވީ 87 މެންބަރުންގެ ވޯޓާ އެކު

ރާއްޖެެއަށް އެތެރެވުން މަނާ މީހުންގެ ތެރޭގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިދިޔަ މަހުގެ ފަހުކޮޅު އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފަށާފަ އެވެ.

ތަފްސީލް - އެ ބަހުސް ނިންމައި ބިލު ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި 87 މެންބަރުންގެ ތާއީދާ އެކު ބިލު ވަނީ ބަލައިގެންފަ އެވެ. 

އެއާ އެކު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވީ، އެ ބިލު ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވި ކަމަށެވެ.

ބަހުސްގެ މަރުހަލާގައި ޕީއެންސީގެ މެންބަރުން ވަނީ ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް، ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެ ނިންމުމަކީ ވަރަށް ގިނަ ގޮތްގޮތުން ވިސްނައި ހުރިހާ ނަޒަރިއްޔާތަކުން ބެލުމަށް ފަހު ނިންމާ ނިންމުމަކަށް ވާން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް