އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާގައި ބަޔަކު އަޑު އުފުލުަނީ (ފޮޓޯ/ ނަވިން ސައީދު)
އިޒްރޭލު ޕާސްޕޯޓް މަނާކުރުން އަވަސްކުރަން ޕީއެންސީން ތާއީދުކޮށްފި
އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ގެންނަން ތާއީދުކުރާ ކަމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 2 ޖޫންގައި ވަޒީރުންގެ މަޖިލީހުން ވަނީ އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
ތަފްސީލް - އެކަމަށް ތާއީދުކޮށް ޕީއެންސީން އިއްޔެ އެ ޕާޓީގެ ވެބްސައިޓުގައި ބުނެފައިވަނީ އެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާ ވެސް އަވަހަކަށް ގެންނަން އެ ޕާޓީން ތާއީދުކުރާ ކަމަށެވެ. އޭގެ އިތުރުން:
-
މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމަން މަޖިލީހަށް އިލްތިމާސްކޮށްފައިވޭ
-
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ މި ދަނޑިވަޅުގައި ކުރަން ނިންމާފައިވާ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރި
އެނގުން މުހިންމު - އިޒްރޭލު ޕާސްޕޯޓް މަނާކުރަން މިދިޔަ މެއި މަހު ފަހުކޮޅު އެމްޑީޕީން ވަނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.
އިޒްރޭލު ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅައި ކުރިއަށް ގެންދާނެކަން ސަރުކާރުން ހާމަކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އެކަމަށްޓަކައި ކޮމެޓީއެއް ވެސް ވަނީ އެކުލަވާލާފަ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:
-
ފިނޭންސް މިނިސްޓަރު
-
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން
-
އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް
-
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
-
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
-
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލު އާންމު ހުއްޓާލަން ރާއްޖޭން ވަނީ އެކި ފަހަރު މަތިން ގޮވާލާފަ އެވެ.
ކޮމެންޓް (1)
ޢަބްދުﷲ