ކަރެކްޝަންސްގެ އޮފިސަރުންރަކެއް މާފުށީ ޖަލުގައި ހިންގި ތަމްރީނެއްގެ ތެރެއިން: ޖަލަށް މަސްތުވާތަކެއްޗާއި ފޯން ފަދަ މަނާތަކެތި ވައްދައިދީގެން އޮފިސަރުންތަކެއް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ވަނީ ފެންމަތިވެފައި (ފޮޓޯ/ކަރެކްޝަންސް)

ޕީޖީ އޮފީސް

ޖަލަށް ޑްރަގް ވެއްދުން: ކަރެކްޝަންސްގެ 5 އޮފިސަރަކަށް ދައުވާކޮށްފި

މައްސަލައިގައި ކަރެކްޝަންސްގެ 13 އޮފިސަރުން ހައްޔަރުކުރި ނަމަވެސް އަށް މީހަކަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައެއް ނުވޭ

ޖަލުގައި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރި ކަރެކްޝަންސްގެ 13 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން ބުނީ ކަރެކްޝަންސްގެ މުވައްޒަފުންތަކެއް، ވަޒީފާގެ ވާޖިބުތަކާ ހިލާފުވެ، ވަޒީފާގައި ތިބެެގެން ހުއްދަ ނޫން ކަންކަމުން މަންފާ ހޯދާ، ފައިސާގެ މުއާމަލާތްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފަސްމަންޒަރު - މިދިޔަ ޖޫން މަހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި:

  • ކަރެކްޝަންސްގެ ދަށް ލެވަލްގެ 18 އޮފިސަރެއްގެ އެކައުންޓަށް ޝައްކު ކުރެވޭ 73 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައި

  •  އެ އޮފިސަރުންގެ އެކައުންޓްތަކަށް ވަދެފައިވާ އެ ފައިސާ ޖަމާކޮށްފައި ވަނީ ޖަލުގައި ތިބި ގައިދީންނާއި އެ މީހުންނާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކުން

  • އެކަމުގައި ޝާމިލްވާ 13 މީހަކު ހައްޔަރުކޮށް ވަނަވަރު އާންމު ކުރި

ތަފްސީލް - އެ މައްސަލާގައި ދައުވާ ކުރަން ފޮނުވި 5 މީހުންގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އުފުލައިދިނުމަށް އެދިފައިވެ އެވެ.

ދައުވާ އުފުލަން ފޮނުވި ފަސް މީހުންގެ ތެރެއިން: 

  • ޖިނާހު އަބްދުއްރަހީމް، އައިވަރީ ހައުސް/ރ.އުނގޫފާރު

  • އަލީ ހިޝާމް، ބީޗްހައުސް/ ކ.މާފުށި

އެ ތިންދެ މީހުންގެ މައްޗ ަށް މތިން ދައުވާ އެއް ކުރަން ވަނީ ހުށަހަޅާއިފަ އެވެ. އެއީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ

  • މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ

  • ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ

މީގެ އިތުރުން އެ މައްސަލާގައި ދެން ދައުވާ ކުރަން ފޮނުވީ:

  • އަލީ ނާޒިމް، ތަރާނާގެ/ހދ. ނޭކުރެންދޫ

  • މުހައްމަދު ފަތޫހު އަބްދުﷲ، ކުއްޅަވައްގެ/ގއ. ވިލިނގިލި

  • އަލީ އަޝްފާގު، ކާމިނީގެ/ނ.ލަންދޫ

މި ތިން މީހުންގެ މައްޗަށް ދެ ދައުވާއެއް ކުރަން ވަނީ ހުށަހަޅައިފަ އެވެ. އެއީ

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ

  • ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ

ގުޅުންހުރި - ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ލިބިފައި ނުވާތީ މިވަގުތަށް އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް