ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)
ސިނގިރޭޓުގެ އަގު ކުޑަ ކުރަން މަޖިލީހުން ފާސްކޮށްފި؛ ބުނީ ފޮއްޓެއް 130ރ.އަށް ލިބޭނެ ކަމަށް
ސަރުކާރުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެސް، ސިނގިރޭޓުގެ އަގު ކުޑަ ކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިނގިރޭޓް ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 8ރ.ގެ ބަދަލުގައި 4ރ.އަށް ހެދުމަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މިދިޔަ ހަފްތާގަ އެވެ.
އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސް ކުރުމަށް ނިންމާފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މި ވޯޓުގެ ކުރިން ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި، މި އިސްލާހާ އެކު ދެން ސިނގިރޭޓް ފޮއްޓެއްގެ އަގު 130ރ.އަށް ކުޑަ ވާނެ އެވެ.
މިހާރު ސިނގިރޭޓް ފޮއްޓެއްގެ އަގު އުޅެނީ 230ރ. އިން މަތީގަ އެވެ. ސިނގިރޭޓް ޑިއުޓީ ބޮޑު ކުރުމުގެ ކުރިން ކުރިން ފޮއްޓެއްގެ އަގު ހުރީ ގާތްގަނޑަކަށް 100ރ.އާ ހަމައިގަ އެވެ.
ބިލުގެ އިތުރު ތަފްސީލު
ފަސް މަންޒަރު - މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގަ އެވެ. މި ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެ އެވެ. ނަމަވެސް:
-
ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއް ފަހުން މިދިޔަ މަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑިއުޓީ 4ރ.އަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރާކަން ހާމަކުރައްވައިފައި؛ އަދި މިކަން ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ވެސް ލަފާ އެގޮތަށް ލިބިގެން ކަމަށް އޭނާ ވިދާޅުވި
-
މިދިޔަ ހޯމަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، މިއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށް
ކޮމެންޓް (1)
ތެފައާސާ.