ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ސިނގިރޭޓު

ސިނގިރޭޓު ޑިއުޓީ ރޭޓު 4ރ.އަށް ކުޑަކުރަން މަޖިލީހަށް ބިލު ހުށަހަޅައިފި

މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގައި
1 ގަޑިއިރު ކުރިން

ސިނގިރޭޓު ޑިއުޓީ 4ރ.އަށް ކުޑަ ކުރަން ޖެހޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީކިހިނެއް؟ - މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގަ އެވެ. މި ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެ އެވެ.

ނަމަވެސް ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއްވަރު ފަހުން މިދިޔަ 31 މެއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑިއުޓީ 4ރ.އަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަން ހާމަކުރައްވައިފަ އެވެ.

ތަފްސީލް - ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލުގައި، ސިނގިރޭޓަކުން ނަގާ ޑިއުޓީ 4ރ.ގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރަށް ހިމަނާފައިވަނީ:

  • ސިނގިރޭޓުގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި %30 ނެގުން

  • ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަދި އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި %30 ނެގުން

  • ދުންފަތުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ބާވަތްތަކުން ޑިއުޓީ ނުނެގުން

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ ފުރަތަމަ ކިއުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް