ރައީސް އޮފީހުގައި ހެލްތު މިނިސްޓަރު ނާޒިމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ(ފޮޓޯ/ރައީސް އޮފީސް)
ހެލްތު މިނިސްޓަރު ނާޒިމް އިސްތިއުފާ ދެއްވައިފި
ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ދެވަނަ ހެލްތު މިނިސްޓަރު ނާޒިމް މަގާމުން އިސްތިއުފާ ދެއްވި އިރު، ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކެބިނެޓުން މިއަދު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި:
-
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
-
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް؛ ހަލީލަކީ މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު
-
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
ތަފްސީލް - ނާޒިމް ވަނީ މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:
-
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
-
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
-
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
-
އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
-
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.