މަޖިލީހުގެ ޖަލްސާއެއްގައި ހަލީލް މެންބަރެއްގެ ސުވާލަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/ މަޖިލިސް)

ބްރޭކިންގް

ފޮރިން މިނިސްޓަރު ހަލީލް އިސްތިއުފާ ދެއްވައިފި

ހަލީލް އިސްތިއުފާ ދެއްވާފައި މިވަނީ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރެއިން
14 އޭޕްރީލު 2026
1

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. މިއީ މި ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރެވެ. 

ވީ ކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަލީލް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަނުކުރީ 30 ސެޕްޓެމްބަރު 2024ގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒު އެ ކަމަށް އެދިވަޑައިގަތުމުންނެވެ.

ތަފްސީލް - ފޮރިން މިނިސްޓަރުގެ މަގާމުން ހަލީލް ވަކިކުރި އިރު، އޭނާ އަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމެޓީގެ ވެރިޔާ އެވެ.

އެނގުން މުހިންމު - ފޮރިން މިނިސްޓަރު ހަލީލް މިއަދު މަގާމުން ވަކިކުރި އިރު، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މީގެ އިތުރުން، ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:

  • އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން

  • މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި

  •  އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި

  •  އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި 

  • ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

ކޮމެންޓް (1)

ކޮސް

14 އޭޕްރީލު 2026
ކޯފާވެގެން މިނިސްޓަރުން ވަކިކުރެއްވިއަކަސް މައްސަލައަކަށް ޙައްލެއް ނާންނާނެ. ހައްލަކީ މުއިއްޒު އިސްތިއުފާ ދެއްވުން. ދެން އައްޔަން ކުރައްވާ ބަޔަކަށްވެސް ކަމެއް ނުވާނެ. މުއިއްޒުގެ ހަރުކަށިކަމާއި ސިޔާސީ ގޮތުން ކުފޫހަމަނުވުން މައްސަލައަކީ.ޤަބޫލުކުރެވެނީ ކުރިއަށް އޮތްތަނުގައި މުއިއްޒު އިސްތިއުފާދެއްވަން މަޖުބޫރުވެދާނެހެން...
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް