ރައީސް އޮފީހުން 28 އޭޕްރީލް 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަހުމީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް ފަހުމީ އައްޔަންކޮށްފި

ފަހުމީ މީގެ ކުރިން ހުންނެވީ ސްޓެލްކޯގެ އެމްޑީކަމުގައި
14 އޭޕްރީލު 2026
4

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ހުސެއިން ފަހުމީ އައްޔަންކޮށްފި އެވެ. 

އެނގުން މުހިންމު - އޭނާ އަކީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އޭނާ ރައީސް އޮފީހުގައި އަދާކުރައްވަމުން ގެންދެވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ އެވެ. 

ވީ ކިހިނެއް؟ - އެމްޑަބްލިއުއެސްސީގެ އެމްޑީކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުލް މަތީން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަހުމީ އައްޔަންކުރިކަން ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީން މިއަދު ވަނީ އެކްސްގައި އިއުލާންކޮށްފަ އެވެ. 

ގުޅުންހުރި - ފަހުމީ ސްޓެލްކޯގެ އެމްޑީކަމުން ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރަކަށް ހަމަޖެއްސީ މިދިޔަ 7 ސެޕްޓެމްބަރުގަ އެވެ.

ކޮމެންޓް (4)

ތެފައާސާ.

14 އޭޕްރީލު 2026
އޯހ ނޯ!! ކަރަންޓު ކެނޑުނީމާ އުއްބައްތި ދިއްލައިގެންވެސް ތިބެވިދާނެ. ފެން ކެނޑެން ފެށީމާ ތިބެން ޖެހޭނީ ގައިން ތާހިރު ނުވެއެއްނު؟
0 0

ސިކުނޑި

14 އޭޕްރީލު 2026
ތަނެއްގެ އިސްވެރިޔަށް މަގާމުން ދުރުކުރަންޖެހޭނީ، އެމީހަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވިގެން، އެހެންޏާ އުސޫލާ ޚިލާފަށް ކަމެއްކޮށްގެން! ރައީސަށް އެނގިވަޑައި ނުގަތަސް ރައީސް އައްޔަން ކުރާމީހަކު ވަކިކޮށްފަ ހަމައެމީހަކު އެހެންތަނަކަށް އައްޔަން ކުރުމަކީ ރައީސްގެ އިތުބާރު ގެއްލޭނެކަމެއް!
0 0

ސިކުނޑި

14 އޭޕްރީލު 2026
ތަންތަނަށް ލަނީ އަބަދުވެސް ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކަންކަން ކުރާމީހުން! އެމީހުން ކަރަޕްޝަން ހިންގިޔަސް ހިންގާނީ ލަފާފުޅާއި އިރުޝާދުގެ ދަށުން! ފަހުމީ ސްޓެލްކޯގައި ހެއްދި ފާރު ބަގީޗާ ނިކަން ދެކިބަލަ! ރަތްދަކަ އަވީގައި ފާރުގައި ޕޮޓް ހަރުކޮށްފައި ގަސް އިންދީ! މިހާރު ހުރިހާ ގަހެއް މަރުވީއޭ ދެންނެވިޔަސް ދޮގަކަށް ނުވާނު! ގާއިމު މިލިއަނެއްހާ ރުފިޔާ ދާނެ އެކަމަށްވެސް! މިރައީސް ފެއިލްވެއްޖެ ކަމަށް އަމިއްލައަށް ގަބޫލު ކުރާ ވަރުވެއްޖެ މިހާރު!
1 0

ދިއްދާ

14 އޭޕްރީލު 2026
ބައި އަޅާނެކަން ޔަޤީން މީހަކު އަނެއްކާ އަނެއް މިނިސްޓްރީ ފުނޑާލަން އައްޔަންކުރީތާ. މިއީ ބަލަދު އަރާފަތިބި ބައެއްތަ. ދެން ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވާ، އޭނާގެ "އެއްވެސް ކަމެއް" ނޭނގޭޔޭ ކިޔަން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް