ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ސޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް ވެސް އިސްތިއުފާ ދެއްވައިފި
ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް މިނިސްޓަރު އައިޝަތު ޝިހާމް މަގާމުން މިއަދު އިސްތިއުފާ ދެއްވައިިފި އެވެ.
ވީ ކިހިނެއް؟ - އައިޝަތު ޝިހާމް މިއަދު މަގާމުން އިސްތިއުފާދެއްވި އިރު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ތަފްސީލް - އައިޝަތު ޝިހާމް ވަނީ މީގެ ކުރިން ޕީޕީއެމްގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވައިފަ އެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:
-
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
-
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
-
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
-
އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
-
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.