މިފަހަރުގެ ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ރަސްމިޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން ވާހަކަދައްކަވަނީ. (ފޮޓޯ/އެމްއެންޑީއެފް)

ބްރޭކިންގް

ގައްސާން ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި

މިއަދު ވަނީ ފޮރިން މިިނިސްޓަރު ހަލީލް ވެސް މަގާމުން އިސްތިއުފާ ދެއްވާފައި
14 އޭޕްރީލު 2026
2

ޑިފެންސް މިނިސްޓަރުކަމުން ގައްސާން މައުމޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - ގައްސާން އިސްތިއުފާ ދެއްވާފައި މި ވަނީ، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓާއި ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ބަދަލު ގެންނަން ފަށާފައިވަނިކޮށެވެ.

މިހާތަނަށް ކެބިނެޓު ވަޒީރުންގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދިވެސް ބައެއް އެހެން ވަޒީރުން މަގާމުން ވަކިކުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް ކަށަވަރެއް ނޫނެެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ގައްސާން ވަނީ ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން، އިސްތިއުފާ ދެއްވާފަ އެވެ.

ގައްސާން ޑިފެންސް މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ މި ސަރުކާރުގެ ފުރަތަމަ ދުވަހު 17 ނޮވެމްބަރު 2023ގަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގައްސާނަކީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމްގެ ދަރިކަލުންނެވެ. މިދިޔަ އިންތިހާބުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި މައުމޫން ހުންނެވީ ރައީސް މުހައްމަދު މުއިއްޒުގެ ސްޓޭންޑާ ދެކޮޅަށް، ދެ އިންތިހާބު އެކުގައި ބާއްވަން ނުފެންނަ ކަމަށް ބުނި ފަޅީގަ އެވެ.

ކޮމެންޓް (2)

ސިކުނޑި

14 އޭޕްރީލު 2026
ޣައްސާނަށް އެންމެ ރަނގަޅުގޮތަކީ ޕީއެންއެފްއާއި ގުޅުން! ސިޔާސީ ފޯމިއުލާ ވަރަށް ތަފާތުވާނެ މިފަހަރު!
0 0

ބުރުގާ

14 އޭޕްރީލު 2026
ވަރައް މޮޅު. ދެން އެބޭފުޅާއައްވުރެ ތުއްތުކުއްޖަކައް ޕާޓީގެ ޖަގަހަތެރިން މިނިސްޓަރުކަންދީ. އޭރުން އޮންނާނީ ސަރުކާރުގެ ހިންގުން ހަރުދަނާވެފަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް