މިދިޔަ އަހަރު ފަހުކޮޅު ހުޅުމާލެ ފޭސް 1ގައި ހިޔާ ފްލެޓްގެ ރަށަްވެހިންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އެޗްޑީސީ

އިންތިހާބާ ދިމާކޮށް ވައުދު ފުއުްދުމަށް ކަމަށް ބުނެ ހިޔާ ފްލެޓްތަކުގެ ކުލި 2 އަހަރަށް މައާފުކޮށްދީފި

ވައުދު ފުއްްދުމަށްޓަކައި ސަރުކާރުން ވަނީ ޑިސެމްބަރު 2023ގައި ހިޔާގެ ޖުމްލަ އަގުން 100،000ރ. އުނިކޮށްފައި؛ އަދި ބާކީވާ 100،000ރ. ހަމަކުރުމަށް ހަތް އަހަރަށް އެ ފްލެޓްތަކުގެ ކުލި 3،421ރ.އަށް ކުޑަކުރި ކަމަށް އޭރު ބުނި

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް، ރައީސް މުހައްމަދު މުއިއްޒު ވެވަައިގެންފައިވާ ވައުދު "ފުރިހަމަ ގޮތުގައި" ފުއްދުމަށް ކަމަށް ބުނެ، ހިޔާ ފްލެޓް ކުލި އެޗުޑީސީ އިން ދެ އަހަރު ދުވަހަށް މާފުކޮށްދީފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރައްވައި ހިޔާ ފްލެޓްތަކުގެ ވެރިންނަށް އެގޮތަށް ނިންމާފައިވާކަން ހާމަކޮށް މިއަދުން ފެށީގެން ދަނީ ސިޓީ ފޮނުވަމުންނެވެ. އެެގޮތަށް ދެ ފްލެޓަކަށް ފޮނުވައިވާ ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ  އެވެ.

ތަފްސީލު - އެ ސިޓީގައި ލިޔެފައިވާ ގޮތުން ކުއްޔަށް މި ބަދަލު މި ގެންނަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ 200،000ރ. ދޭނެ ކަމަށް "ރައީސުލުޖުމްހޫރިއްޔާ ވެވެޑައިގެންނެވި ވައުދުފުޅު އެންމެ ފުރިހަމައަށް ހާސިލުކުރުމަށްޓަކައި" ކަމަށެވެ. 

އެ ވައުދު ފުއްްދުމަށްޓަކައި ސަރުކާރުން ވަނީ ޑިސެމްބަރު 2023ގައި ހިޔާގެ ޖުމްލަ އަގުން 100،000ރ. އުނިކޮށްފަ އެވެ. އަދި ބާކީވާ 100،000ރ. ހަމަކުރުމަށް ހަތް އަހަރަށް އެ ފްލެޓްތަކުގެ މަހު ކުލި 3،984.21ރ.އަށް ކުޑަކުރި ކަމަށް އޭރު ބުންޏެވެ. ނަމަވެސް މިދިޔަ އަހަރު ފަހުކޮޅު ހިޔާ ފްލެޓްތަކުގެ ރަށްވެހިންނާ އެކު ރައީސް ބޭއްވި ބައްދަލުވުމުގައި އެ ވައުދު ހަގީގީ މާނައިގައި ނުފުއްދާ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅު ކުރި އެވެ. އަދި އެކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ރައީސް ދެއްވި އެވެ.

އެޗްޑީސީގެ ސިޓީގައިވާ ގޮތުން:

  • 200،000ރ.ގެ ޑިސްކައުންޓުން މިހާތަނަށް 135،714ރ. ނުދެވި ވާކަމަށް

  • އަދި ފްލެޓް ވެރިންގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި މަހު ކުލީގެ ޖުމްލަ ފައިސާ، އެ ޑިސްކައުންޓުގެ ބާކީބައިން އުނިކުރުމަށް ނިންމާފައިވާ

  • ބަރާބަރަށް ކުލި ދައްކަމުންދާ މީހުންނަށް ޑިސްކައުންޓުގެ ބާކީ ބައި އުނިކުމަށް 1 އެޕްރީލް 2026އިން ފެށިގެން 1 މެއި 2028އަށް (ދެ އަހަރަށް) ކުލި ދެއްކުން މެދުކަނޑަލެވޭނެ (ރެންޓް ފްރީ ޕީރިއަޑް)

  • ނަމަވެސް މިގޮތަށް ކުއްޔަށް ލުއި ދިން ނަމަވެސް، 1އެޕްރީލް 2026އިން ފެށިގެން މެނޭޖްމަންޓް ފީ ބަރާބަރަށް ދައްކަން ވާނެ

އެ އުސޫލުން، 200،000ރ.ގެ ޑިސްކައުންޓު ދީ ހަމަވަމުން، އަނެއްކާ ވެސް ފްލެޓްގެ އަގު ދައްކާ ހަލާސް ކުރެވެންދެން މަހު ކުއްޔަކީ، (މެނޭޖްމަންޓް ފީ ނުލައި) 5،300ރ. ކަމަށްވެސް ސީޓީގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދުމަށް 'ދައުރު'ން މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިންތިހާބަށް ހަތަރު ދުވަސް އޮތް އިރު، ސަރުކާރުން ދަނީ ގިނަ ވަޒީފާތަކަަށް މީހުން ނަގައި، ބައެއް މަޝްރޫއޫތަކުގެ ބިންގާ އަޅަމުންނެވެ. އެ ގޮތުން؛

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ބޮޑު ކާރިސާއެއްގައި މުޅި ދުނިޔެ ވެސް އޮތް އިރު ރާއްޖެއަށް ވުރެ ބޮޑު އިގްތިސާދުތައް އޮންނަ ގައުމުތަކުން އަންނަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް އެއާ ހިލާފަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިހާބާ ދިމާކޮށް ކުރާ ހަދަރުތައް ދަނީ އިންތިހާއަށް ބޮޑު ކުރަމުންނެވެ. ހަރަދުތައް ކުޑަކުރުމަށް މާ ބޮޑު ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެ އެވެ.

ކޮމެންޓް (8)

އާލަމް

31 މާރިޗު 2026
2 އަހަރަށް ފަސްކުރީ އެކަމަކު 4 ގަނޑު ފާރު ފުލެޓެއްގެ ނަމުގައިދީފައިވާ ޖުމްލަ އަގުން އެންމެ ލާރިއެއްވެސް އުނިކޮށްފައެއްނުވޭ މީ އަސްލު މިކަން އޮތްގޮތް!؟
0 0

ށިފާގް

31 މާރިޗު 2026
މިހެން ހެދީމަ ލިބޭ ރުހުމަށްވުރެ، މީހުންގެ ހިތްހަމަ ނުޖެހުން މާ ބޮޑުވާނެ. އިބޫ ވިހި ހާސް ގޯތި ހިލޭ ދީގެން ތާއީދެއް ލިބުނު؟
2 0

ެތެފައާސާ.

31 މާރިޗު 2026
އެހެންވީމާ މިހާރު އެންމެންނަށްވެސް ސާފުވާނެ އިންތިޚާބުތައް ވީހާވެސް ގިނައެއްކޮށް ބޭއްވުމުގެ ފައިދާ. އިންތިޚާބުތައް އެއްކޮށްލީމާ، މިހެން އިންތިޚާބުތަކާއި ދިމާކޮށް އިއްތިފާގަކުން ފުއްދައިދެވޭ ވައުދާއި އިއްތިފާގަކުން ފަށައިގަނެވޭ މަޝްރޫއުތައްް ބޮޑުތަނުން މަދުވެގެންދާނެ. އޭރުން މި އިއްތިފާގުތައް އަންނާނީ މިހާރު މި އަންނަހެން ކޮންމެ ފަސް އަހަރަކުން ތިން ފަހަރުގެ ބަދަލުގައި ކޮންމެ ފަސް އަހަރަކުން ދެ ފަހަރު.
4 0

އާސާފަތެ.

31 މާރިޗު 2026
@ެތެފައާސާ. މިއީނުން އިންތިޚާބު މަދުކުރަންޖެހޭ ސަބަބަކީ. ނިކަން ވިސްނާލާ. ދެ އަހަރު ފަހުން ރިޔާސީ އިންތިޚާބު. ދެން އެވީ އަނެއްކާ އިތުރު 5 އަހަރަށް ކުލި މާފުކުރަން. ދެން ހިޔާ އެންމެންނަށް ހިލޭ އެތަންދެވޭނީ. އެކަކުވެސް ވޯޓަށްތަކައި މިކަންކަން ކުރާކަށް ބޭނުމެއް ނުވޭ. އެމީހުންނަށް ހިލޭ މާނައަކީ ތެފޭ އެބުރަ އުފުލާނޭ
0 2

ތެފައާސާ.

31 މާރިޗު 2026
@އާސާފަތެ. ތިކަން ނޭގިއެއްނޫން ކޮމެންޓު ކުރީ. ހިޔާ ފުލެޓުގެ އަހުލުވެރިންގެ ވޯޓު، އިންތިޚާބު އެއްކުރަން ހޯދުމަށް ކުލި ކަނޑާލަދިނީމާ، ހިޔާ ފުލެޓުގެ އަހުލުވެރިންނަށް އޭގެއިން އެ ދެވޭ މެސެޖަކީ އިންތިޚާބުތައް ވީހާވެސް ގިނައެއްކޮށް ބާއްވައިގެންނޭ މިކަހަލަ ޒާތީ މަންފާ (އަސްލު ރިޝްވަތު) ލިބޭނީ. ކޮމެންޓުގައި ބުނެދޭން އުޅުނު ޕޮއިންޓަކީ އެއީ.
4 0

ތެފައާސާ.

31 މާރިޗު 2026
@އާސާފަތެ. ދެން ތި ބުނީ އިންތިޚާބުތަކާއި ދިމާކޮށް ވެރިން މި ޒާތުގެ ޖަރީމާ ހިންގާތީއޭ އިންތިޚާބު މަދުކުރަންވީ؟ އިންތިޚާބުތަކާއި ދިމާކޮށް ވެރިން ރިޝްވަތު ބަހާތީ ކުރަންވީ ކަމަކީ އެކަމަށް މީހުން ހޭލުންތެރިކުރުވައި، ރިޝްވަތު ބެހުން ހުއްޓުވައި ފިޔަވަޅުއަޅައި އެކަހަލަ ކަންކަން ކުރަންވީ. އިންތިޚާބު މަދުކުރަންވީކީ ނޫން. ދެމަފިރިންގެ ދޭތެރޭގައި ހިނގާ ގެވެށި އަނިޔާ ހުއްޓުވަން ކައިވެނި މަދުކުރަން ގޮވާލުންކަހަލަ ކަމެއް ދޯ ބެފުޅާ ތި ވިދާޅުވީ؟
1 0

އާސާފަތެ.

31 މާރިޗު 2026
@ތެފައާސާ. އާސާފަތެ. އާދެ އޭގެ މާނައަކީ ކައިވެއްޏެއްގެ މަތީ ދެމިހުރުމުގެ ކުފޫ ހަމަވާ ބައެއް ނޫނޭ. އެހެންވެ ކައިވެނި ނުކުރެވޭ ގޮތް ހަދަންވީ. ރައީސް ޢަމަލުން އެދައްކަނީ ގިނައިން އިންތިޚާބު ބާއްވަންޖެހޭ ސަބަބު. އެކަމަކު ހަމައެޢަމަލުން ހަމައެއް ލަމައެއް ނެތި ބަޔަކަށް ބޮޑު ފައިދާއެއް ލިބި، އިޢާދަ ނުކުރެވޭ ގެއްލުން ލިބޭ، ބިން ބިމާއި ފަޅު ހިއްކައި ވައިގެ ބަނދަރު އެޅީމާ. މިހާ ކޮސް ބަޔަކަށް ރަނގަޅުވާނީ އެބާރު ނުދިނުން. ކުޑަކުދިންނަކަށް ވަޅިއާއި އަލިފާން ކުޅޭކަށް ނުދޭނެ
1 1

ފަހި ފްލެޓް ކުއްޖެއް

30 މާރިޗު 2026
ފަހި ފްލެޓްގެ މީހުން ވޯޓް ނުލާނީ އެހެންވީމަ ޕީއެންސީ އަށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް