ސާޖިއޯ ގޯ. (ފޮޓޯ/އޭޕީ)
ސަރަހައްދީ ހަމަޖެހުމާ ގުޅޭ މަޝްވަރާތަކަށް އެމެރިކާގެ އިސް މަންދޫބަކު ރާއްޖެއަށް
ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކަކަށް، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ، އަވަށްޓެރި ލަންކާ އަދި ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ބުނެފި އެވެ،
ވީ ކިހިނެއް؟ - ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި އިގްތިސާދީ ތަރައްގީ އަދި އިންފްރާސްޓްރަކްޗާގެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.
ތަފްސީލް - އެމެރިކާއިން ބުނި ގޮތުގައި، މި ދަތުރަކީ ކަނޑުގެ މުހިންމު މަގުތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ ބައެކެވެ. ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކުރި ގޮތުގައި، މި ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ އެކު، ކަނޑުގެ މުހިންމު މަގުތަކާއި ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މި ދަތުރު ދިމާވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ އެވެ.
އެމެރިކާއިން ރާއްޖެއާ އެކު އޮތް ޒަމާންވީ ގުޅުން ފާހަގަކުރަމުން ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، "ސްރީ ލަންކާ އަދި ރާއްޖެއާ އެކު އޮތް ދެމެހެއްޓެނިވި ގުޅުމާއި ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ގުޅިފައިވާ ސިޔާސަތު" އެ ގައުމުން ބަލައިގަންނަ ކަމަށެވެ.
އެނގުން މުހިންމު - އެމެރިކާގެ އިސް އޮފިޝަލަކު ރާއްޖެ އާއި ލަންކާއަށް ވަޑައިގަންނަވާއިރު، މި މަހުގެ ކުރީކޮޅު ލަންކާގެ އައްސޭރިފަށުން ބޭރުގައި އެމެރިކާއިން ދިން ހަމަލާއެއްގައި އީރާނުގެ މަނަވަރެއް ފައްތާލައި 80އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އަދި ލަންކާއިން ވަނީ އީރާނުގެ އެހެން މަނަވަރަށް ވެސް ހިމާޔަތްދީފަ އެވެ.
އިތުރަށް ކިޔާލަން
އީރާނުގެ މަނަވަރުން 200 ފަޅުވެރިން ލަންކާއިން ސަލާމަތްކޮށްފި
6 މާރިޗު 2026
ފައްތާލީ އިންޑިއާގެ ތަމްރީނުތަކެއްގައި ބައިވެރިވި މަނަވަރެއް
5 މާރިޗު 2026
ލަންކާ ކައިރިއަށް ފެތުނު އީރާނުގެ މަނަވަރަށް ހަމަލާދިނީ އެމެރިކާ
4 މާރިޗު 2026
މީގެ އިތުރުން، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެ ގައުމާ އެކު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމާ މެދު ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެމެރިކާ އާއި އިނގިރޭސިން ޑިއެގޯ ގާސިއާގައި އަސްކަރީ ބޭހެއް ހިންގާއިރު، ރާއްޖޭން ބުނަމުން އަންނަނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބެންޖެހޭނީ ދިވެހިންނަށް ކަމަށެވެ. މޮރިޝަސްއިން މިހާރު ވަނީ ރާއްޖެއާ އެކު އޮންނަ ސިޔާސީ ގުޅުން ވެސް ކަނޑާލާފަ އެވެ.
އިތުރަށް ކިޔާލަން
މޮރިޝަސްއިން ނިންމީ ތާކުންތާކުނުޖެހޭ ނިންމުމެއް: ރައީސް
2 މާރިޗު 2026
ޗާގޯސް ހޯދަން ރާއްޖޭން ގާނޫނީ ފިޔަވަޅު އަޅަނީ
1 މާރިޗު 2026
ޗާގޯސް މޮރިޝަސްއަށް ދޫކޮށްނުލަން އެމެރިކާގެ މެމްބަރުން ގޮވާލައިފި
28 ފެބްރުއަރީ 2026
މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލައިފި
27 ފެބްރުއަރީ 2026
ކޮމެންޓް (2)
ތެފައާސާ.
އަހްމަދީ ނިޖާހް