ރައީސް މުހައްމަދު މުއިއްަޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
މޮރިޝަސްއިން ނިންމީ ތާކުންތާކުނުޖެހޭ ނިންމުމެއް؛ ރާއްޖެއާ ގުޅުން ކަނޑާލުމަކުން ހަގީގަތް ބަދަލެއް ނުވާނެ: ރައީސް
ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަށް މޮރިޝަސްއިން ނިންމި ނިންމުމަކީ ވަރަށް ތާކުންތާކުނުޖެހޭ ނިންމުމެއް ކަމަށާއި ގުޅުން ކަނޑާލިޔަސް ޗާގޯސްއަކީ މޮރިޝަސްއަށް ހައްގު ނޫން ތަނެއް ކަމުގެ ހަގީގަތް ބަދަލުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އާއި އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ދިވެހި ސަރުކާރުން ދައުވާކުރަމުންދާތީ ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލަން މިދިޔަ ހުކުރު ދުވަހު މޮރިޝަސްއިން ވަނީ ނިންމާފަ އެވެ.
ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިޝަސްގެ އެ ނިންމުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ރާއްޖެއާ ގުޅުން ކަނޑާލަން މޮރިޝަސްއިން ނިންމީ މަޝްވަރާކުރުމެއް ވެސް ނެތި ކަމަށެވެ.
ގުޅުން ކަނޑާލިޔަސް، ރާއްޖޭގެ ނިންމުން ބަދަލު ނުވާނެ ކަމަށާއި ރާއްޖެ ކުރިއަށްދާނީ 'މޯލްޑިވްސް ފަސްޓް' ސިޔާސަތުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކުނުޖެހޭ، ވަރަށް އިމެޗުއާ، ވަރަށް ނައީވް ނިންމުމެއް. އެ ނިންމުން، އެހެން ނިންމުމަކުންނެއް ހަގީގަތް ބަދަލެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް، މޮރިޝަސްއަކަށް ހައްގެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
"އެއްވެސް ގައުމަކާ ރާއްޖެ ހަވާލުކުރާ ކަމަށް ވަންޏާ އެތަން ހަވާލުކުރަންޖެހޭނީ އެތަނުގެ ހައްގުވެރި ފަރާތް، ރާއްޖެއާ. އެ ހަގީގަތް ބަދަލެއް ނުވާނެ ގައުމަކާ ގުޅުން ކަނޑާލިޔަކަސް."
ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަށް މޮރިޝަސްއިން ނިންމި ނިންމުމަކީ ވަރަށް ތާކުންތާކުނުޖެހޭ ނިންމުމެއް ކަމަށާއި ގުޅުން ކަނޑާލިޔަސް ޗާގޯސްއަކީ މޮރިޝަސްއަށް ހައްގު ނޫން ތަނެއް ކަމުގެ ހަގީގަތް ބަދަލުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ.
— Dhauru (@Dhaurunews) March 2, 2026
އިތުރަށް ކިޔާލަން:… pic.twitter.com/y3mDLozGOx
އެނގުން މުހިންމު - ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.
ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ތާރީހީ ހެކިތަކުން އެނގެން އޮތް ކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. އަދި ރާއްޖެއަށް ޗާގޯސްގެ ރަށްތައް ލިބިއްޖެ ނަމަ، ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރެކޭ ވެސް އެއްގޮތަށް ހިންގުމަށް ފުރުސަތު ދެއްވާނޭ ކަމަށް ރައީސް މުއިއްޒު ވަނީ އެމެރިކާ ސަރުކާރަށް އަންގަވައިފަ އެވެ.
އަދި، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް ގޮންޖަހައި ގާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް ވެސް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި:
-
ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ރާއްޖެއިން ވަނީ ނިންމާފައި
-
ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ގުޅޭ ޓްރައިބިއުނަލް އިޓްލޮސްގެ ނިންމުން ބަލައިނުގަންނަކަން ވެސް ރައީސް އެ ދުވަހު އިއުލާން ކުރައްވައި ކޯސްޓްގާޑުގެ އުޅަނދުތައް އެ ސަަރަހައްދަށް ވަނީ ފޮނުވާފައި
ކޮމެންޓް (2)
ސިކުނޑި
ދޮވެމި ކަލަމިންޖާ