މޮރިޝަސްގެ ބޮޑުވަޒީރު ނަވިންޗަންދްރަ ރާމްގޫލަމް.
ޗާގޯސް މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލައިފި
މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް ނެތް ކަމަށާއި އެ ޖަޒީރާ ލިބެން ޖެހޭނި ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ވަގުތުން ކަނޑާލަން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު އާންމުކޮށްފައިވާ ވަޒީރުންގެ މަޖިލީހުންގެ ނިންމުންތަކުގައިވާ ގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން އެގޮތަށް ނިންމީ:
-
ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ވެސް ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ
-
އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ދައުވާކުރަމުން ދާތީ ވަގުތުން ވަގުތަށް ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލަން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމާފައިވާ ކަމަށް ވެސް އެ ގައުމުގެ ބޮޑު ވަޒީރުގެ އޮފީހުން ވަނީ ހާމަކޮށްފައި
އެނގުން މުހިންމު - ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.
ފަސްފަހަތް - ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި:
-
ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ރާއްޖެއިން ވަނީ ނިންމާފައި
-
ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ގުޅޭ ޓްރައިބިއުނަލް އިޓްލޮސްގެ ނިންމުން ބަލައިނުގަންނަކަން ވެސް ރައީސް އެ ދުވަހު އިއުލާން ކުރައްވައި ކޯސްޓްގާޑުގެ އުޅަނދުތައް އެ ސަަރަހައްދަށް ވަނީ ފޮނުވާފައި
މީގެ އިތުރަށް ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ތާރީހީ ހެކިތަކުން އެނގެން އޮތް ކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. އަދި ރާއްޖެއަށް ޗާގޯސްގެ ރަށްތައް ލިބިއްޖެ ނަމަ، ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރެކޭ ވެސް އެއްގޮތަށް ހިންގުމަށް ފުރުސަތު ދެއްވާނޭ ކަމަށް ރައީސް މުއިއްޒު ވަނީ އެމެރިކާ ސަރުކާރަށް އަންގަވައިފަ އެވެ.
ކޮމެންޓް (5)
ޕުލޭ ދިސް ސްމާޓް
ގވޗޱޱ
ތެފައާސާ.
ފޯޅަވަހި ބޮޑުމީހާ
ފޯޅަވަހި