2024ގައި ނަގާފައިވާ ފޮޓޯއަކުން ފެންނަނީ އީރާނުގެ އައިއާރުއައިއެސް ދޭނާ ނަމަކަށް ކިޔާ މަނަވަރު. (ފޮޓޯ/އޭއެފްޕީ)

ބްރޭކިންގް

ލަންކާ ކައިރިއަށް ފެތުނު އީރާނުގެ މަނަވަރަށް ހަމަލާދިނީ އެމެރިކާގެ ސަބްމެރިންއަކުން

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓޭ ހެގްސެތު ވިދާޅުވީ މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޓޯޕެޑޯއަކުން ހަމަލާދިން ފުރަތަމަ ފަހަރު ކަމަށް
4 މާރިޗު 2026
1

މިއަދު ސްރީ ލަންކާ ކައިރިއަށް އަޑިޔަށް ދިޔަ އީރާނުގެ މަނަވަރަށް ހަމަލާދިނީ އެމެރިކާގެ ސަބްމެރިންއަކުން ކަމަށް ބުނެފި އެވެ.

ޕެންޓަގަންގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޓޯޕެޑޯއަކުން ހަމަލާދިން ފުރަތަމަ ފަހަރު ކަމަށެވެ.

އީރާންގެ މަނަވަރު ފެތުމުން ގާތްގަނޑަކަށް 140 ފަޅުވެރިން ވަނީ ގެއްލިފަ އެވެ. ސްރީ ލަންކާގެ ކޯސްޓް ގާޑުން ވަނީ 32 މީހުން ސަލާމަތްކޮށްފަ އެވެ. އެ މަނަވަރުގައި 180 ފަޅުވެރިން ތިބި ކަމަށްވެ އެވެ.

އެމެރިކާއިން މަނަވަރުގެ ނަމެއް ނުބުނެ އެވެ. އެކަމަކު ސްރީ ލަންކާގެ ކަނޑުގެ ސިފައިން ބުނާ ގޮތުގައި އެއީ އައިއާރުއައިއެސް ދޭނާ އެވެ.

ހެގްސެތު ވިދާޅުވީ އީރާނުން ގަބޫލުކުރީ ބައިނަލްއަގުވާމީ ކަނޑުގައި އެ ގައުމުގެ މަނަވަރުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވިދާނެ ކަމަށެވެ.

ހެގްސެތުގެ ވާހަކަތައް ހުރީ ވަރަށް ބޮޑާ، ކިބުރުވެރި ގޮތަކަށެވެ. އޭނާ ވިދާޅުވީ ދާދި އަވަހަށް އެމެރިކާއިން އީރާން ކޮންޓްރޯލްކުރާނެ ކަމަށެވެ. އޭނާގެ ވާހަކަތަކަށް ބަލާއިރު ހީވަނީ އީރާނަށް އޮތް ހަމައެކަނި ފުރުސަތަކީ އަވަހަށް އަމާންދިނުން ކަމެވެ.

އެމެރިކާއިން ބުނި ގޮތުގައި އީރާނުގެ ލީޑަޝިޕް މިހާރު ވަނީ ނައްތާލައިފަ އެވެ. އެގޮތުން ވަރަށް ގިނަ ވެރިން އަވަހާރަކޮށްލެވިއްޖެ ކަމަށް ވެސް ބުންޏެވެ. އީރާނުގެ މުޅި ވައިގެ ސަރަހައްދު އޮތީ އެމެރިކާ އާއި އިޒްރޭލުގެ ކޮންޓްރޯލްގެ ދަށުގައި ކަަމށް ވެސް، ސިފަކުރި އެވެ. އީރާނުން މިސައިލާއި ޑްެރޯން ފޮނުވިޔަސް އެއީ ހަނގުރާމަ ފެށިއިރަށް ވުރެ މާ މަދު އަދެއް ކަމަށް ވެސް، އެމެރިކާއިން ބުންޏެވެ.

ކޮމެންޓް (1)

ތެފައާސާ.

5 މާރިޗު 2026
މި ކާމިޔާބު ހަމަލައާއި ގުޅިގެން ދިވެހި ސަރުކާރުން އެމެރިކާއަށް މަރުހަބާ ނުކިޔާތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް