18 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފައިލް ފޮޓޯ/މަޖިލިސް)
މެމްބަރުން އެއާޕޯޓުގެ ވީއައިޕީ ބޭނުންކުރަން 5 އަހަރުން 5 މިލިއަން ރުފިޔާ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމަށް 2012 އިން 2017އަށް ދައުލަތުން 327،650 ޑޮލަރު (5.05 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ. އޭގެ ތެރެއިން 2017ގައި، މެންބަރުންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ރިކޯޑް އަދަދަކަށް ހޭދަކޮށްފައިވެ އެވެ.
އެނގުން މުހިންމު - އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. ވަރަށް ކުރިއްސުރެން ފެށިގެން ވެސް އަމަލު ކުރަމުން އަންނަ މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ.
މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 އިން 2020އަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖު މެންބަރުންނާއި މެންބަރުންގެ އާއިލާ އަދި ރައްޓެހިން ބޭނުންކުރުމަށް 238،920 ޑޮލަރު (3.68 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.
ވީ ކިހިނެއް؟ - ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަޖިލީހުން ވީއައިޕީއަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު ހޯދި ސޯޝަލް އެކްޓިވިސް އައިމަން ލަތީފު މިދިޔަ އަންގާރަ ދުވަހު ވަނީ، ކުރިން ލިބިފައިވާ ނުވާ 2012-2017ގެ ތަފްސީލުތައް ވެސް ހޯދާއި ޓްވިޓާގައި އާންމުކޮށްފަ އެވެ.
ތަފްސީލް - އޭނާ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ހަ އަހަރުގެ ތެރޭގައި މެންބަރުންނާއި މެންބަރުންގެ އާއިލާ އަދި ރައްޓެހިންނަށް ޖުމްލަ 327،650 ޑޮލަރު (5.05 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ޕީޕީއެމްގެ މެޖޯރިޓީ އޮތް 18 ވަނަ މަޖިލީހުގައި، 2016ގަ އެވެ. އެ އަހަރު ޖުމްލަ 107،940 ޑޮލަރު (1.66 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އެއީ:
-
މެމްބަރުންނަށް: 43،680 ޑޮލަރު (673،545ރ.)
-
އަނބިދަރިންނަށް: 32،940 ޑޮލަރު (507،934ރ.)
-
ރައްޓެހިންނާއި އާއިލާގެ މެމްބަރުންނަށް: 31،320 ޑޮލަރު (482،954ރ.)
ރައްޓެހިންނާއި އާއިލާއަށް 2017ގައި 600،000ރ.؛ ރިކޯޑް އަދަދެއް
އެންމެ ގިނަ އަދަދަކަށް މެންބަރުންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ހަރަދުކޮށްފައި ވަނީ 18 ވަނަ މަޖިލީހުގައި، 2017ގައި އެވެ. އެގޮތުން، އެ އަހަރު ވީއައިޕީ ހިދުމަތަށް ހަރަދުކުރި ޖުމްލަ 102،000 ޑޮލަރު (1.57 މިލިއަން ރުފިޔާ)ގެ ތެރެއިން:
-
40،860 ޑޮލަރު (630،061ރ.) ހޭދަކޮށްފައި ވަނީ އާއިލާ އާއި ރައްޓެހިންނަށް
-
އެއީ، 2012-2017ގެ ތަފާސްހިސާބުތަކަށް ބާލާއިރު ރައްޓެހިންނާއި އާއިލާއަށް އެންމެ ގިނަ އަދަދަކަށް ހަރަދުކުރި އަހަރު
އޭގެ އިތުރުން، 2017ގައި:
-
މެންބަރުންނަށް: 31،200 ޑޮލަރު (481،104ރ.)
-
މެމްބަރުންގެ އަނބިދަރިންނަށް: 29،940 ޑޮލަރު (461،674ރ)
އެނގުން މުހިންމު - މި އުސޫލު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން މަސައްކަތްކުރީ ވެސް އެއްވެސް ހަމައެއް ލަމެއް ނެތި މެމްބަރުންގެ ރައްޓެހިންނަށް ވީއައިޕީން ހަރަދުކުރަން ޖެހުމާ ގުޅިގެން ކަމަށް ބުނެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ކޮމިޓީން ނިންމީ މެމްބަރުން އިހްތިޔާރު ކުރާ ދެ މީހަކަށް މަޖިލީހުން ހަރަދުކުރާ ގޮތަށެވެ.
ނަމަވެސް، ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް އުސޫލު ބަދަލުކުރަން ކޮމިޓީން މަސައްކަތް ފެށި އެވެ. އޭގެ ފަހުން އަދި އެކަމުގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.
2012 (17 ވަނަ މަޖިލިސް) - 2،400 ޑޮލަރު (37،008ރ.)
-
1-
މެމްބަރުންނަށް: 1،450 ޑޮލަރު (22،359ރ.)
-
2-
އަނބިދަރިންނަށް: 450 ޑޮލަރު (6،939ރ.)
-
3-
ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް: 500 ޑޮލަރު (7،710ރ.)
2013 (17 ވަނަ މަޖިލިސް) - 22،700 ޑޮލަރު (350،034ރ.)
-
މެމްބަރުންނަށް: 10،350 ޑޮލަރު (159،597ރ.)
-
މެމްބަރުންގެ އަނބިދަރިންނަށް: 7،100 ޑޮލަރު (115،875ރ.)
-
ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް: 5،250 ޑޮލަރު (141،831ރ.)
2014 (17 އަދި 18 ވަނަ މަޖިލިސް) - 35،670 ޑޮލަރު (550،031ރ.)
-
މެމްބަރުންނަށް: 16،850 ޑޮލަރު (259،827ރ.)
-
މެމްބަރުންގެ އަނބިދަރިންނަށް: 11،210 ޑޮލަރު (172،858ރ.)
-
ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް: 7،610 ޑޮލަރު (117،346ރ.)
2015 (18 ވަނަ މަޖިލިސް) - 56،940 ޑޮލަރު (878،014ރ.)
-
މެމްބަރުންނަށް: 21،900 ޑޮލަރު (337،698ރ.)
-
މެމްބަރުންގެ އަނބިދަރިންނަށް: 24،000 ޑޮލަރު (370،080ރ.)
-
ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް: 11،040 ޑޮލަރު (170،236ރ.)
އިތުރަށް ކިޔާލަން -