ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖު: މެންބަރާއެކު ފުރަން ދާ އޭނާ ހިޔާރުކުރާ އިތުރު ދެ މީހަކަށް ވެސް މި ލައުންޖުން މިހާރު މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭނެ. (ފައިލް ފޮޓޯ/އެމްއޭސީއެލް)
މެންބަރަކާއެކު ފުރަން ދާ ރަށްޓެހިންނަށް ވެސް އެއާޕޯޓުން ވީއައިޕީ ހިދުމަތް ލިބޭ ގޮތަށް ހަދައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއެކު ފުރަން ދާ އޭނާގެ ރަށްޓެހިންނަށް ވެސް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ހަދައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން، މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ހޯދުމާ ގުޅޭ ގޮތުން އާންމު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ގޮތެއް ނިންމާފައެވެ. އެ ބައްދަލުވުން ބޭއްވީ ސިއްރުކޮށްގެންނެވެ.
ތަފްސީލު - މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ހިދުމަތްތައް ދިރާސާކޮށް ގޮތް ނިންމުގެ ބާރު މަތިކޮށްފައިވާ އާންމު ކޮމިޓީގެ ދެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް 'ދައުރު'އަށް މިއަދު ވިދާޅުވީ، ކޮމިޓީން ނިންމާފައިވަނީ:
-
މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖުގެ ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭނެ ގޮތަަށް
"ކުރިން އޮންނަ ގޮތުން އެއްބަނޑު އެއްބަފާ މީހަކާ އެއްކޮށް ދަތުރުކުރާއިރު ވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބުނު. އެހެންވެ ނިންމި ނިންމުމެއް އެއީ،" އެއް މެންބަރަކު ވިދާޅުވި އެވެ.
އެނގުން މުހިންމު - ކުރިން އޮންނަ ގޮތުން ވެސް، މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. ވަރަށް ކުރިއްސުރެން ފެށިގެން ވެސް އަމަލު ކުރަމުން އަންނަ މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ.
ކޮމިޓީން މިދިޔަ ހަފްތާގައި ނިންމި ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެ އެވެ. ކޮމިޓީން ފާސްކުރުމާއެކު އެގޮތަށް ހަމަޖެހުނީ އެވެ.
ކޮމެންޓް (1)
އިބްރާހިމް