ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޒަމްއަތް: ކޮންޓްރޯލް ކޮމިޝަންގެ ނައިބު ރައިސްއަކަށް އޭނާ މިއަދު ވަނީ އިންތިހާބުކޮށްފައި
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ނައިބު ރައީސަކަށް ޒަމްއަތު އިންތިހާބުކޮށްފި
ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްއަކަށް ކުރީގެ ނޫސްވެރިޔާ އަދި މި ގާނޫނުގެ ދަށުން އުވާލި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަން ކުރެއްވި ޒަމްއަތު ވަހީދު މިއަދު އިންތިހާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަންގެ ރައީސް ކަނޑައަޅަނީ މަޖިލީހުންނެވެ. އަދި ނައިބު ރައީސް ކަނޑައަޅަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން އެކަމަށް ވާދަކޮށް، މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި އެ ވޯޓު ވަނީ ނަގާފަ އެވެ.
ތަފްސީލު - ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ޒަމްއަތު ނައިބު ރައީސްއަކަށް އިންތިހާބު ކުރިކަން އެ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުސަތު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ނައިބު ރައިސް ކަމަށް ޒަމްއަތު އިންތިހާބުވެވަޑައިގެންނެވީ، އުވާލި މީޑީއާ ކައުންސިލްގެ ރައީސް ހުސައިން ސަފީގްއާ ވާދަކުރައްވައިގެންނެވެ. އެގޮތުން:
-
ޒަމްއަތުއަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓު
-
ސަގީފްއަށް ލިބިވަޑައިގެންނެވީ ތިން ވޯޓު
ކުރިން ވީޓީވީގައި މަސައްކަތް ކުރެއްވި ޒަމްއަތާއި ސަގީފް ކޮމިޝަންގެ މެންބަރުކަމަށް ހޮވިވަޑައިގެންނެވީ މީޑިއާތައް ތަމްސީލު ކުރާ ހަތަރު މެންބަރުންގެ މަގާމުގެ ތެރެއިންނެވެ.
ކޮމެންޓް (1)
ޢަލީ