މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުން (ކ-ވ) ސަރާހަތު، ފަރުސަތު އަދި ސަފާ

ސަފާ، ފަރުސަތު އަދި ސަރާހަތު މީޑިއާ ކޮމިޝަނަށް އައްޔަންކޮށްފި

މި ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި
21 އޮކްޓޯބަރު 2025

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް، މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ތިން ބޭފުޅުން، އެ މަގާމަށް އައްޔަން ކޮށްފި އެވެ.

ތަފްސީލް - މިހާރު އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން ދެން އެ މަގާމަށް އައްޔަން ކުރީ އެ ކޮމިޝަންގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި، އާއި މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް، އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލީހުން ފޮނުވި ލިސްޓުގައި ޖުމްލަ އަށް ނަމެއް ހިމެނުނެވެ. އޭގެ ތެރެއިން %75އަށް ވުރެ މަތިން މާކްސް ލިބުނީ އެ ތިން ބޭފުޅުންނަށެވެ.

އެނގުން މުހިއްމު - މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހަތް މެމްބަރުން ހިމެނެ އެވެ. އެއީ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނެވެ.

މީޑިއާތައް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބު ކުރަން ޖެހޭ އަދަދަށް ސީދާ ހަމަވެފައިވާތީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުން ހޮވުނީ ވާދަވެރި އިންތިހާބަކާ ނުލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް