މުހައްމަދު ފަރުސަތު: މީޑިއާ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި.

މީޑިއާ ކޮންޓްރޯލު ކޮމިޝަނުގެ ރައީސަކަށް ފަރުސަތު އައްޔަނު ކުރަން ފާސްކޮށްފި

މީޑިއާ ކޮންޓްރޯލް ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް؛ ފަރުސަތަކީ އެ ކޮމިޝަނުގައި ތިބޭ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރެއް

ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އެކުލަވާލާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުސަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮންޓްރޯލު ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

ތަފްސީލް - މީޑިއާ ކޮންޓްރޯލް ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ފަރުސަތަކީ އެ ކޮމިޝަނުގައި ތިބޭ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ. ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅަނީ ތިން މެންބަރުންނެވެ.

އެނގުން މުހިންމު - ކޮންޓްރޯލް ކޮމިޝަންގައި މީޑިއާތައް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެ މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު އިންތިހާބު ކުރަން ޖެހޭ އަދަދަށް ސީދާ ހަމަވެފައިވާތީ ވާދަވެރި އިންތިހާބަކާ ނުލާ މީޑިއާތައް ތަމްސީލުކުރާ ހަތަރު މަގާމަށް މެމްބަރުން ވަނީ ހޮވިފަ އެވެ.

ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަންކޮށްފައިވަނީ:

  • އަބްދުލް އަޒީޒު އިބްރާހިމް، މޫނިމާގެ/ށ. ފޭދޫ

  • ޒަމްއަތު އަހުމަދު ވަހީދު، މަލަ/ގދ. ތިނަދޫ

އެހެނިހެން މީޑިއާ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަންކޮށްފައިވަނީ: 

  • ސިމާހާ ނަސީމް، ވެލީގެ/ގދ. ރަތަފަންދޫ

  • ހުސެން ސަގީފް، ހިސާން/ހދ. ވައިކަރަދޫ

އިތުރު އާޓިކަލް

އިތުރު އާޓިކަލް