މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން ކުރި އިހްތިޖާޖެއްގެ ތެރެއިން (ދައުރު ފިޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކޮށް، އަމިއްލައަށް ރެގިއުލޭޓް ވާނެ ނިޒާމެއް އެމްޖޭއޭއިން ހަދަނީ
އިއްޔެ ރައީސް ތަސްދީގު ކުރެއްވި 'މީޑިއާ ކޮންޓްރޯލް ބިލު' ގާނޫނަކަށް ވުމުން އުފައްދެވި ކޮމިޝަންގެ އިންތިހާބު ބޮއިކޮށްޓްކޮށް، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ނޫސްތައް ރެގިއުލޭޓް ކުރަން އަމިއްލަ ނިޒާމެއް އެކުލަވާލަން ރޭ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ތަސްދީގު ނުކުރެއްވުމަށް މީޑިއާތަކުންނާއި ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށް، އެއަށް ބީރު ކަންފަތެއް ދެއްވައި އެ ބިލު ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
ގިނަ ނޫސްވެރިންނާއި އާންމުންގެ ކަންބޮޑުވުންތައް ހުރި މި ބިލު ތަސްދީިގު ކުރެއްވުމާ ގުޅިގެން، ދާއިރާގެ ބޭފުޅުންނާއި ޖަމިއްޔާގެ މެންބަރުންގެ މަޝްވަރާ ހޯދަން ރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، ބައެއް ނިންމުންތައް ނިންމައިފަ އެވެ.
ތަފްސީލު - ރޭގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ގޮވާލީ އާ ގާނޫނަށް އަމަލުނުކުރުމަށެވެ. މިއީ ގާނޫނުއަސާސީ އާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ ވެސް ހިލާފު ގާނޫނަކަށް ވުމުން، މި ގާނޫނު ބާތިލުކުރަން ކޯޓަށް ދާން ވެސް ބައެއް މީހުން ވާހަކަ ދެއްކި އެވެ.
ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
-
އާ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކުރަން ބާރު އެޅުމަށް
-
އަމިއްލައަށް ރެގިއުލޭޓް ވާނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް
-
ގާނޫނު ބާތިލުކުރަން ކޯޓަށް ހުށަހަޅަން
-
ބިލު ފާސްކުރި ދުވަހު ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާތަކުގެ މައްސަލަ ފުލުހުންނާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށް
އަމިއްލައަށް ރެގިލޭޓްވާން އެކުލަވާލާ ނިޒާމުގެ މަސައްކަތަށް ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ނެގި އެވެ.
ރޭގެ ބައްދަލުވުމުގައި މި ގާނޫނާ ދެކޮޅަށް ކުރެވޭނެ އިތުރު ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ. ރައްޔިތުންގެ މަޖިލިހަށް ބިލް ވެއްދުމާ އެކު އަޑު އުފުލި ގޮތަށް އެ އަޑު އުފުލުމުގައި ދެމިތިބެން ވެސް ބައިވެރިން ގޮވާލި އެވެ. އޭގެ ފުރަތަމަ އަޑުއުފުލުން އުސް ފަސްގަނޑުގައި 'ފުލުސްޓޮޕް' ނަމުގައި މިރޭ 8:30ގައި އެއްވުމެއް އޮންނާނެ ކަމަށް އެމްޖޭއޭއިން ވަނީ އިއުލާންކޮށްފަ އެވެ.
We will not be intimidated.
— Maldives Journalists Association (@mjamaldives) September 18, 2025
We stand in defiance.
Join us tomorrow night.
⏱️ 8:30 pm
📍 Usfasgandu#CTRLehNukureveyne#FahathakahNujeheynan#AmalehNukuraanan pic.twitter.com/39rzsArp18
ފާހަގަކޮށްލެވޭ ކަމެއް - މީޑިއާ ކޮންޓްރޯލްކުރާ ގާނޫނަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފެށުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރަމުން އައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ވަނީ އުވިފަ އެވެ. އެއާ އެކު ރޭ ރައީސް މުއިއްޒު ވަނީ އާ ގާނޫނުގެ ދަށުން މީޑިއާތައް ކޮންޓްރޯލްކުރަން އުފައްދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ކޮމިޝަނެއް އުފައްދައިފަ އެވެ.
ގާނޫނުގައިވާ ގޮތުން އާ ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެގޮތުން:
-
ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުން
-
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުން
-
އެކަމަކު މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބޭ
-
ކޮމިޝަން އުފެއްދެންދެން އިންތިގާލީ މަރުހަލާގައި އާ ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަންއިން އެކުލަވާލާ ފަސް މެންބަރުންގެ ކޮމިޓީއަކުން
ކޮމެންޓް (6)
ބެއްޔާގެ ދަރި
އަމިއްލަފުށި
ހާކިމް
ނާޢިފް
ޑޮން
މުއްތޭ ކަލަމިންޖާ