ރައީސް މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި

މިދިޔަ އަހަރުގެ މޭ އަދި އޮގަސްޓުގައި ވެސް ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައި
31 ޖުލައި 2025
2

ރައީސް މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް ފުރާވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ރޭ ދަންވަރު ބުނެފަ އެވެ. ނަމަވެސް، މި ދަތުރުފުޅާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެ އޮފީހަކުން ހާމައެއް ނުކުރެ އެވެ.

އެނގުން މުހިންމު - ރައީސް ވަނީ މި މަހުގެ ކުރީކޮޅު ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ.

އޭގެ ކުރިން، މިދިޔަ އަހަރުގެ މޭ އަދި އޮގަސްޓުގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ފަހަރު ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާއަށެވެ.

ކޮމެންޓް (2)

ދަނޑުވެރި މުޙައްމަދު

31 ޖުލައި 2025
މަރު ހިފާށޭ ކިޔާފަ އެ ކަނޑާލީ ސިންގަޕޯރއަށް ، ދެ ބޯގެރި ދުއްވުން ނޫން ކަމެއް ނުކުރޭ
1 0

ރުޅިއައިއްސަ

31 ޖުލައި 2025
މީނާއަށް ދިވެހިރާއްޖޭގައި ދެތިންދުވަހަށްވުރެ ގިނައިން ފައިސާބިތުކޮށްފަ ނުހުރެވޭކަހަލަ ފަންޑީތައެއް ހަދާފަބާ މިހުރީ؟؟ ދެންމެ އެއައީ އިނގިރޭސިވިލާތުން. ހުސް ރައްޔިތުންގެ ލާރީގަ. ޕާޓީކުރަން ދަންނަ ރައީސެއް!!! ލަދުގަންނަންޖެހެނީ އޭނާކަމެއް، އަހަރުމެންކަމެއް ނޭނގެ!!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް