ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ އަނޫފް ޖުނައިދު)
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
މިއީ ރައީސް މުއިއްޒު މިދިޔަ ތިން މަސް ދުވަސް ތެރޭ ސިންގަޕޫރަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
ތަފުސީލް - އެންމެ ފަހުން ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ، މިދިޔަ މާޗް މަހު އެވެ. ނުރަސްމީ އެ ދަތުރުފުޅުގައި، އެފަހަރު ތިން ދުވަސް ހޭދަކުރެއްވި އެވެ.
އޭގެ އިތުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު، އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވަނިކޮށް 30 އޮކްޓޯބަރުގައި ވެސް ސިންގަޕޫރަށް ވަޑައިގެންނެވި އެވެ. އާއިލާއާ އެކު ކުރެއްވި އެ ދަތުރުޅުގައި ހޭދަވީ ހަފްތާއެއްހާ ދުވަހެވެ.
ކޮމެންޓް (1)
އަދުރޭ