އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

މުއިއްޒު ސިންގަޕޫރު ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރޭ؛ އެ މަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ އާއިލާއާ އެކު
5 ނޮވެމްބަރު 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ރާއްޖެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއާ އެކު ކަމަށް ބުނުން ފިޔަވައި އެ ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް އިންތިހާބީ ރައީސްގެ އޮފީހުން ދީފައެއް ނުވެ އެވެ.

މިއީ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުން އެ މަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އެނގުން މުހިންމު - މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ މި މަހުގެ 17ގަ އެވެ. އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ އެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް