ރައީސް މުއިއްޒު ސިންގަޕޫރުގެ ރައީސްއާ ބައްދަލު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ސިންގަޕޫރު ދަތުުރުން ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ރައީސް ވިދާޅުވީ ދަތުފުޅުގެ ތެރެއިން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ކުރި މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތަށް ލިބުނު ޔަގީންކަމެއް ކަމަށް

ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮންނަ ގާތް ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާދިއްތަ ދުވަހު ފެއްޓެވި ދަތުރުުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަތުމުގެ ކުރިން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި  ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށެވެ.

ތަފްސީލް - ސިންގަޕޫރުން ދިން މެހުމާންދާރީއަށް ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ރައީސް ތަރުމަން އަދި ބޮޑުވަޒީރު ލޮރެންސް ވޮންގް އަަށާއި އެ ގައުމުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ކުރި މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތަށް ލިބުނު ޔަގީންކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސިންގަޕޫރު ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް ތިން އެމްއޯޔޫއެއްގައި ސޮއިކުރެވުނުކަމީ ވެސް ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރި އެމްއޯޔޫތަކަކީ:

  • މަތީ ތައުލީމާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ

  • ތިމާވެއްޓާއި ސަސްޓެއިނެބިލިޓީގެ ދާއިރާ

  • ކެޕޭސިޓީ ބިލްޑިން

ފާހަގަކުރެވޭ - ރައީސްގެ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓު ކުރުމުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އިންވެސްޓުމެންޓު ފޯރަމެއް ވެސް ބާއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް