ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)
ސިންގަޕޫރު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން މިރޭ މާލެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އާދިއްތަ ދުވަހު ފެއްޓެވި ދަތުރުުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަތުމުގެ ކުރިން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސިންގަޕޫރުން ދިން މެހުމާންދާރީއަށް އެ ގައުމުގެ ރައީސް ތަރުމަން އާއި ބޮޑުވަޒީރު ލޮރެންސް ވޮންގް އަަށާއި އެ ގައުމުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ތަފްސީލް - ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުގައި
-
ސިންގަޕޫރުގެ ރައީސް އާއި ބޮޑުވަޒީރާ ބައްދަލުކުރެއްވި
-
އެއްބާރުލުން ދިނުމުގެ ތިން އެމްއޯޔޫއެއްގައި ރާއްޖެ އާއި ސިންގަޕޫރުން ސޮއިކުރި
-
ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް އިންވެސްޓުމެންޓް ފޯރަމެއް ބޭއްވި
-
އެ ގައުމުގައި އުޅޭ ދިވެހިންނާ ބައްދަލު ކުރެއްވި
ފާހަގަކުރެވޭ - މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ސިންގަޕޫރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅުތަކުގައި އެކި ފަހަރު މަތިން ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
ކޮމެންޓް (1)
ތެފައާސާ.