ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރާވަޑައިގަންނަވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް

އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ މެޑިކަލް ޗެކަޕްތަކެއް ހައްދަވަން
27 އޯގަސްޓު 2024

ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ފާހަގަކޮށްލެވޭ - ރައީސް މުއިއްޒުއަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ފުލް ޗެކަޕެއް ހެދުމަށްޓަކައި އެމަނިކުފާނު ސިންގަޕޫރަށް ފުރުއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.

ރޭ ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި، ރައީސް ވަނީ އެމަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތަކުގައި ބައެއް ތެދު ހިމެނުނަސް، އެ ވާހަކަތައް ދެކެވެމުން ދަނީ އެއަށް ގިނަ ދޮގުތަކެއް އިތުރުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ:

  • އާރަށުގައި ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ކުޑަ އަނިޔާއެއް ލިބިގެން ޑޮކްޓަރަށް ދައްކަވާފައިވާނެ

  • ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ އެކަމަށް ސެކަންޑް އޮޕީނިއަނެއް ހޯދައި މީގެ ކުރިން ހަދާފައިވާ ސާޖަރީއަކާ ގުޅިގެން ހަދަން ޖެހޭ ޗެކަޕްތަކެއް ހަދަން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް