އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/ އަނޫފް ޖުނައިދު)

އާންމުކޮށްފައިވާ ޗައިނާ އެފްޓީއޭ އެއްބަސްވުން މަޝްވަރާ ކުރާ ކޮމިޓީ ސިއްރުކޮށްފި

މި ކޮމިޓީ ސިއްރު ކުރަން އެމްޑީޕީގެ މެންބަރުން ދެކޮޅު ހެއްދެވި؛ ސިއްުރު ކުރާ ސަބަބެއްގެ ގޮތުގައި އޮތީ "އާންމު ކުރަން ބޭނުން ނުވާ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމެނޭތީ" ކަމަށް

ދިވެހި ސަރުކާރުންނާއި ޗައިނާއިން އާންމުކޮށްފައިވާ ދެ ސަރުކާރުގެ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ)އާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ތާވަލު ކުރި ބައްދަލުވުން ސިއްރުކޮށްފި އެެވެ.

ވީ ކިހިނެއް؟ - އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ ޗައިނާ-ރާއްޖޭގެ އެފްޓީއޭއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވާހެން އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރުމެވެ. 

ތަފްސީލު - އެ ބައްދަލުވުން ފެށުމާ އެކު ރިޔާސަތުގައި އިންނެވި ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ހުޅުވާލެއްވީ އެ ބައްދަލުވުން ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ ހިޔާލަށެވެ. އެއާ އެކު:

  • މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު ހުށަހެޅުއްވީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް

  • އެގޮތަށް ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ޒަމީރު ވިދާޅުވީ "ކޮމިޓީގައި އާންމު ކުރަން ބޭނުން ނުވާ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމެނޭތީ"

  • އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ ހުސައިން

  • ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ ތިން މެންބަރުން އެ ހުށަހެޅުމާ ދެކޮޅަށް ވާހަަކަ ދެއްކެވި

"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނޭ މީގައި ސިއްރު ކުރާ ވަރުގެ ކަމެއް އޮތް ކަމަކަށް. ފްރީ ޓްރޭޑް އެގްރިމަންޓެއްގެ ވާހަކަ މި ދައްކަނީ. ސިއްރު ކަމެއްގެ ވާހަކައެއް ނޫން. މި އެގްރިމަންޓްގައި ސިއްރު ކަމެއް ނެތް ކަމަށް ވަނީ ނަމަ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ކަމަކަށްވާނެ [ކޮމިޓީ] ސިއްރުކޮށްފިއްޔާ،" ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވިދާޅުވި އެވެ.

ސިއްރު ނުކުރަން ޒިޔާދު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ކުރައްވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ "ސިއްރު ކުރަން ހެޔޮ ނުވާނެ" ކަމަށެވެ. ދެން ވާހަކަ ދެއްކެވި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ:

  • މި އެފްޓީއޭއަކީ އާންމުކޮށްފައިވާ އެއްބަސްވުމެއް؛ އޭގައި ހުރި ހުރިހާ މައުލޫމާތެއް ވެސް ލިބެން އެބަ ހުރި

  • އެހެންވީމަ ސިއްރު ކުރާކަށް ނުފެނޭ އަދި ސިއްރު ކުރަން ޖެހޭ ވާހަކައެއް މިނިސްޓްރީގެ ބޭފުޅުން ދައްކަވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ

ކޮމިޓީ ސިއްރު ކުރަން ފާސްވީ ހަތަރު މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެމްޑީޕީގެ ތިން މެންބަރުން ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ދެ މެންބަރަކު ވޯޓު ނުދެއްވަ އެވެ. އެއާ އެކު، ޔޫޓިބު ލައިވްއިން ކޮމިޓީގެ ލައިވް ކަނޑާލި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 7 ޑިސެމްބަރު 2017ގައި ސޮއި ކުރި ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަމަލު ކުރަން ފެށީ މި އަހަރު ޖެނުއަރީން ފެށިގެންނެވެ. މި އެގްރިމަންޓް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޝާއިއުކޮށްފައިވެ އެވެ.

މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޗައިނާ އިން ރާއްޖެ އެތެރެކުރާ މުދަލުގެ %70 މުދަލުން ޓެރިފް ކެނޑޭނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭ %90 ޕަސެންޓު މުދަލުން ޑިއުޓީ މައާފުވާނެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް