ޖައުސާ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެން'ގެ އިމާރާތް، ކަނާތްފަރާތުގައި: (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ޖާހުގެ ފްލެޓްތައް ނިންމަން އާރުސީސީއާ ހަވާލުކޮށްފި

'ދަ ގާޑެންސް'ގެ ނަމުގައި 2017ގައި ތަރައްގީކުރަން ފެށި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ އެތަން ގަތް މީހުންގެ ޝަކުވާ ބޮޑުވެފައިވޭ

ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފަށައި ނުނިމި ހުރި 'ދަ ގާޑަންސް' މަޝްރޫއު ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ޖައުސާ ކޮންސްޓްރަކްޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޖާހުން 'ދަ ގާޑެންސް'ގެ ނަމުގައި 2017ގައި ތަރައްގީކުރަން ފެށި މަތީ ފަންތީގެ އެ ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ އެ މަޝްރޫއު ނިންމަން އާރުސީސީއާ ހަވާލުކުރިކަން މިއަދު އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ.

ތަފްސީލް - 'ދަ ގާޑަންސް' ފްލެޓުތައް ނުނިމި ދިގުލައިގެން ގޮސް، މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދީ، އެންމެ ފަހުން އެ މަޝްރޫއު އެ ކުންފުނި އަތުން އަތުލަން ނިންމައި ތަން ހަވާލުކުރަން އެޗްޑީސީން ޖާހުއަށް އެންގީ މިދިޔަ 16 މާޗުގަ އެވެ.

ބޮޑު އަގުގައި އެކި މީހުންނަށް ވިއްކި ފްލެޓްތައް ނިންމައިފައި ނުވާތީ ޝަކުވާ ކުރަމުން އަންނަތާ ވެސް އެތައް އަހަރެކެވެ. އެކަމާ ގުޅިގެން އެޗްޑީސީން 27 ޖެނުއަރީގައި އެ ކުންފުންޏަށް ފަހުގެ ނޯޓިސް ދިނެވެ.

 އެޗްޑީސީން ޖެނުއަރީގައި ޖާހުއަށް ދިން ނޯޓިސްގައި މުއްދަތަކަށް އޮތީ 45 ދުވަހުގެ ތެރޭގައި ތަން ނިންމާށެވެ.

އެޗްޑީސީން މާޗު މަހު ބުނީ ޖާހުއާ އެކު އޮތް އެއްބަސްވުން ބާތިލު ކުރީ:

  • ފްލެޓް ގަތް ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި

  • ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ރޭވިފައިވާ ގޮތުގެ މައުލޫމާތު ފްލެޓް ގަތް ފަރާތްތަކާ ހިއްސާކުރާނެ

އެއްބަސްވުން ބާތިލްކުރި މައްސަލާގައި ޖާހު ކުންފުނިން ވަނީ ކޯޓަށް ގޮސްފަ އެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ އެޗްޑީސީން އެ މަޝްރޫއު ހިންގާ ބިމާއި އިމާރާތް ހަވާލުވުން ހުއްޓުވުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ކޮމެންޓް (2)

ސެންޑީ

4 ޖޫން 2025
ވަރަށް ރަނގަޅު ނިންމުމެއް. ފައިސާދެއްކި ފަރާތްތަކުގެ އުއްމީދު އާލާވާނެ. ތަނުގެ މިލްކުވެރިކަން ދޫކޮށްނުލައި މަސައްކަތުގެ އަގުއަދާކުރާގޮތަށް ކަންކުރުން މުހިންމު.
0 0

މާލެށިޓީ

3 ޖޫން 2025
ސަޅި އެއނު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް