މުޝްފިގް: އޭނާގެ ކަށުނަމާދު އޮތީ މަޑުޖައްސާލާފައި
މުޝްފިގުގެ މަރާ މެދު ޝަރީއަތުން ގޮތެއް ނުނިމި ކަށުނަމާދު ނުކުރެވިފައި
ތ. އަތޮޅުގައި ދުއްވާ 'ހޮޅުދޫ ބޯޓު'ގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ކަނޑަށް ގެއްލުނު ލ. މާވަށު އަލީ މުޝްފިގް މުހައްމަދު ޝަރީފްގެ މަރު ސާބިތުކުރަން ކޯޓުގައި ފެށި ޝަރީއަތް އަދި ނުމިމޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި އެޕްރީލް މަހު 2 ވަނަ ދުވަހުގެ ރޭ މުޝްފިގް، 25، ގެއްލުނީ ޗުއްޓީއަށް ފަހު، ތ. އަތޮޅުން މާލެ އައުމަށް ކުރި ދަތުރުގަ އެވެ. އެ ހާދިސާއަށް ހަފްތާއެއް ފަހުން މުޝްފިގް ހޯދާ ނުފެނުމުން އޭނާގެ މައްޗަށް ކަށުނަމާދު ކުރަން އޭރު ނިންމި ނަަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލަފައާ އެކު ފަހުން އެކަން މަޑުޖައްސާލި އެވެ.
ތަފްސީލު - އާއިލާއާ ވާހަކަ ދައްކައިގެން ކަށުނަމާދު މަޑު ޖައްސާލީ އޭނާ މަރު ސާބިތު ކުރުމަށް ޝަރީއަތުން ގޮތެއް ކަނޑައެޅުމަށެވެ. ނަމަވެސް ޝަރީއަތް ފެށިތާ ވެސް މިހާރު މަހެއްހާ ދުވަސްވެފައިވާއިރު، މާވަށު ކައުންސިލްެގެ ރައީސް އަހުމަދު މޫސާ މިއަދު 'ދައުރު'އަށް ވިދާޅުވީ، އަދިވެސް މައްސަލައިގެ ހުކުމަކާ ހަމައަށް ނާދެވެ އެވެ.
"މައްސަލަ އަދި ނުނިމޭ. މައުލޫމާތު ލިބޭ ގޮތުގައި ސިފައިންގެ ފަރާތުން ލިބެން ޖެހޭ ލިޔުމެއް ނުލިބިގެން އަދި ގޮތެއް ކަނޑަނޭޅި އޮތީ،" އަހުމަދު މޫސާ ވިދާޅުވި އެވެ.
އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވެން އޮތީ އެ ޝަރީއަތް ނިމިގެންނެވެ.
ކޮމެންޓް (1)
ބަކަރި