'ވަނުވާ' ބަންދު އުވާލުމަށް ވަކާލާތު ކުރައްވާ ބައެއް ފަރާތްތަކާއެކު ރައީސް މުއިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ެ'ވާނުވާ' ބަންދުގައި ތިބި މީހުން މޮނީޓާކުރާ ގޮތަށް ދޫކޮށްދޭން ރައީސް އަރިހުގައި އެދިއްޖެ
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ނުވަތަ 'ވާނުވާ' ބަންދުގެ ތިބޭ މީހުންގެ ޝަރީއަތް ނުނިމި އެތައް ދުވަހެއް ޖަލުގައި ހޭދަން ކުރަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ގައިދީން މޮނީޓާކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްދިިނުމަށް އެ މީހުންގެ ހައްގުގައި ވަކާލާތު ކުރާ ފަރާތްތަކުން ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ވަކާލާތު ކުރާ ބައެއް ފަރާތަކުން ރައީސް އަރިހުގައި މިގޮތަށް އެދުނީ، މިއަދު މެންދުރު ރައީސް އޮފީހުގައި އެ މީހުންގެ ކަންބޮޑުވުންތައެް ހިއްސާ ކުުރުމަށް އެ މަނިކުފާނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި މި މައްސަލައަށް ގެނެވޭނެ ކަމަށް ބެލެވޭ ބައެއް ހައްލުތައް ހިމެނޭ ކަރުދާހެއް ރައީސްއަށް ހުށަހަޅާފައިވެ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި ލިޔުމުގައި އެ މީހުން ރައީސްއަށް ހުށަހެޅި ހުށަހެޅުންތައް ހިމަނާފައިވެ އެވެ. އެގޮތުން:
-
ވާނުވާ ބަންދުގައި ތިބި މީހުން ވަކި ހަމައެއްގެ މަތިން މޮނިޓާ ކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށް ފަހު، އެއް ފުރުސަތު ދިނުމަށް
-
ޝަރީއަތް އަވަހަށް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުން
"މީގެ އިތުރުން ވެސް އިންސާނީ ކަރާމާތް ގެއްލޭ ފަދަ ކަންކަމަށް 'ވާނުވާ ބަންދު'ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާ ކަމަށާއި އިސްލާމްދީނުގައި މިކަން ކަމަށް އޮންނަ ރިވެތި އުސޫލުތައް ވެސް ފާހަގަކުރެއްވި އެވެ. މިގޮތުން އިހުސާންތެރިވުމަށާއި އަދުލުވެރިކަން އިސްކުރުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާ ކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.
ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ:
-
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އެޓާނީ ޖެނެރަލް (އޭޖީ)ގެ މަޝްވަރާ އެކު މޮނީޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުގައި ތިބި މީހުންނަށް "އެއް ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެް އުޅޭނެތޯ" ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި
-
ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ވަގުތީ ގޮތުން ވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި؛ އަދި ޖަލުތަކުގެ ހާލަތު ވެސް ބައްލަވާނެ ކަމަށް ވިދާޅުވި
-
ރައިސް ވިދާޅުވި ގޮތުގައި، ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ މި ސަރުކާރުގެ މައި ސިޔާސަތެއް
ކޮމެންޓް (1)
ސިކުނޑި