ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ރައީސް އޮފީސް)

ނުފޫޒު ފޯރުވައިފި ނަމަ، އެކަން ހާމަކޮށް އިސްތިއުފާ ދޭނަން: މުނައްވަރު

މުނައްވަރު ވިދާޅުވި ގޮތުގައި، މީގެ ކުރީގެ ސަރުކާރުގައި އުފެއްދު ކޮމިޝަންތަކަށް ވުރެ މި ކޮމިޝަންއަކީ ނަތީޖާ ނެރޭނެ ކޮމިޝަންއެއް ކަމަށް

އެނާގެ މައްޗަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރައްވަން އެއްްވެސް ބޭފުޅަކު އުޅުއްވާ ނަމަ އެކަން ރައްޔިތުންނަށް ހާމަކޮށް، އިސްތިއުފާ ދެއްވާނެ ކަމަށް ހައްވާ ޔުމުނު އިމާރާތަކުން ވެއްޓުނު މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހު 18ގައި ހިނގި އެ ހާދިސާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ބޮޑެތި ޝައްކުތަކެއް އުފެއްދިފައިވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ދަންވަރު ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި އެ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ވާނީ ބާއްވައިފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެތޯ އާ ގޫޅޭ ގޮތުން ބައެއް ނޫސްވެރިން ސުވާލު ކުރި އެެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވަނީ މިއަދު އެ ޔަގީންކަން ދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ފުރިހަމައަށް މިނިވަންކޮށް މި މަސައްކަތް ގެންދެވޭނެކަން. މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖިއްޔާ [ނުވަތަ] އެއްވެސް ފަރާތެއްގެ ނުފޫޒަށް، އަޅުގަނޑުމެންނަށް ފެންނަ ގޮތް ނޫން ގޮަތަކަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖިއްޔާ، އަޅުގަނޑު ވަގުތުން އިސްތިއުފާ ދޭނަން،" މުނައްވަރު ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅެއް [ނުވަތަ] ސަރުކާރުގެ އެއްވެސް ބޭފުޅުންގެ ފަރާތުން ވިޔަސް، އެއްވެސް ކަހަލަ ނުފޫޒެއް ހިންގަން އުޅޭ ވަގުތަކީ އަޅުގަނޑު ރައްޔިތުންނަށް އެކަން ހާމަކޮށްދޭނެ ވަގުތު،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ- (ފޮޓޯ/ ރައީސް އޮފީސް)

ތަފްސީލު - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބަންޑާރަނައިބުކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި މުނައްވަރު ވިދާޅުވީ އޭނާއަކީ ސިޔާސީ ވަރަށް ގިނަ ބޭފުޅުންނާ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. ނަމަވެސް ދެނެވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުންނަކީ ވެސް އޭނާއަކީ ނުފޫޒު ފޯރުވަން ފަސޭހަ ބޭފުޅަކަށް ނުވާނެކަން ގަބޫލު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ކޮމިޝަންއަށް އައްޔަންކޮށްފައިވާ މެންބަރުންގެ އިންޓެގްރީޓީއާ މެދު ވެސް އޭނާގެ ހިތްޕުޅުގައި ސުވާލެއް ނެތް ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން އެ ކޮމިޝަނަކީ މިނިވަންކަމާ އެކު މަސައްކަތް ކުރާނެ ކޮމިޝަނަކަށް ވާނެ ކަމަށް މުނައްވަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

 ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ރައީސް އޮފީސް)

ޔުމްނުގެ އާއިލާގެ ފަރާތުންގެ މި ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ސުވާލު ކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި މުނައްވަރު ވިދާޅުވީ:

  • މީގެ ކުރީގެ ސަރުކާރުތަކުގައި އުފެއްދި ކޮމިޝަންތަކުން ނެރުނު ނަތީޖާ ރައްޔިތުންނަށް ގަބޫލު ނުކުރެވުނު ކަމަށާއި އެހެންވެ މިފަދަ ކޮމިޝަންތަކަށް ރައްޔިތުން އިތުބާރު ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް

  • ނަމަވެސް މިހާރު މި އުދެއްދި "ކޮމިޝަން ތަފާތުވާނެ"؛ ނަތީޖާއިން އެކަން ދައްކައިދޭނަން

ކޮމިޝަނުން ހިންގާ ތަހުގީހުގައި މި މައްސަލައިގައި ފުލުހުން އެއްވެސް އިހުމާލެއް ވެފައިވޭތޯ އާއި އެމީހުންނަށް ނުފޫޒެއް ފޯރާފައިވޭތޯ ވެސް ބައްލަވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް