ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ޔުމްނު ވެއްޓުނު ހާދިސާ: މައުލޫމާތު ހާމަކުރަން ޕޯޓަލެއް ހަދަނީ

ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ސުވާލު ވެސް ކުރެވޭނެ ކަމަށާއި އެ ސުވާލުތަކަށް ކޮމިޝަނުން ޖަވާބު ދޭނެ ކަމަށް މުނައްވަރު ވިދާޅުވި

މި މަހުގެ18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމަތީ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައޮ އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުުރުމަށް އުފެއްދި ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކޮށް ކޮމިޝަނާ މައުލޫމާތު ހިއްސާކުރުމަށް ޕޯޓަލް އެއް ތައާރަފު ކުރާނެ ކަމަށް ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ މިއީ ހައްސާސް މައްސަލައަކަށް ވާތީ، ދެ ފުށްފެންނަ ގޮތަކަށް އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މައުލޫމާތު ހިއްސާކުރާނެ ޕޯޓަލް އެއް ތައާރަފު ކުރަން ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ސުވާލު ވެސް ކުރެވޭނެ ކަމަށާއި އެ ސުވާލުތަކަށް ކޮމިޝަނުން ޖަވާބު ދޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ފެންނަ ގޮތަށް [މަސައްކަތްތައް] ކުރިއަށް ގެންދާނީ. މިޒަމާމނުގެ ޓެކްނޮލަޖީގައި އެކަން އެ ލެވެލް އަށް ކުރެވެން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.

ނަމަވެސް މިއީ ޖިނާއީ މައްސަލައެއް ވެސް ހިމެނޭ މައްސަލައަކަށް ވާތީ ބައެއް މައުލޫމާތު ހާމަކުރެވޭނީ ތަހުގީގު ފުރިހަމަވުމުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެން ނޫން ކަމަށްވާނަމަ މަސައްކަތް ހިނގަމުން ދާ ގޮތް، ކުރެވޭ މަސައްކަތްތައް ހާމަ ކުރަމުން ދާނަން."

ގުޅުން ހުރި - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރުވިދާޅުވީ ނުފޫޒެއްގައި ނުޖެހި މަސައްކަތް ކުރައްވާނެ ކަމަށާއި އޭނާ އަށް ނުފޫޒެއް އައިސްފި ނަމަ އެކަން ހާމަކޮށް ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ބޭނުންވަނީ ވީހާވެސް އަވަހަކަށް މައްސަލާގައި އިންސާފަކާ ހަމައަށް ދާން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް