ރައުދު އަހުމަދު ޒިލާލް: ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރޭ
ޔުމްނު ވެއްޓުން: ރައުދު ފަސް ދުވަހަށް ބަންދުކޮށްފި
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފި އެވެ.
ތަފްސީލް - ފުލުހުން އިއްޔެ ހައްޔަރު ކުރި ރައުދު ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔައީ މިއަދު އެވެ. ފުލުހުން ބުނީ އޭނާ ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
އެނގުން މުހިންމު - ރައުދަކީ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ، ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
އިތުރަށް ކިޔާލަން
ޔުމްނު ވެއްޓުނު ހާދިސާ: ރައުދު ހައްޔަރުކޮށްފި
24 އޭޕްރީލު 2025
ރައުދު އެއްބާރުލުމެއް ނުދޭ؛ ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
24 އޭޕްރީލު 2025
ޒުވާނާއާ އެކުގައި އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފި
24 އޭޕްރީލު 2025
ޒުވާނާ ވެއްޓުމާއި ކަން ހިނގި ގޮތް؛ ވަށައިގެންވާ އެތައް ކަމެއް
24 އޭޕްރީލު 2025
ކޮމެންޓް (2)
އެޑަމް
ސިކުނޑި