އަންހެން ކުއްޖާ ވެއްޓުނު ދޮރު: އެ ދޮރު ހުރީ އަތް އަޅުވާފައި އެރޭހާ ތިރީގައި

ޒުވާނާ ވެެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފި

ޒުވާނާ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން، ބުރާސްފަތި ދުވަހުގެ ރޭ ދިޔައީ މއ. މާންދޫގެ ދެކުނު ބައިގައި އޮތް އުފަން ދުވަހުގެ ޕާޓީއަކަށް؛ ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި

މާލޭ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި އޭނާ ވެއްޓުމުގެ ކުރިން އެކުގައި އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ، ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިއަށް ބުރާސްފަތި ދުވަހުގެ ރޭ ދިޔައީ މއ. މާންދޫގެ ދެކުނު ބައިގައި އޮތް އުފަން ދުވަހުގެ ޕާޓީއަކަށެވެ. ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ހިފެހެއްޓިކަން ހާމަކުރީ މިހާރު އިސްކަންދަރު ކޮށީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލް - ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި، ޕާޓީއަށް ދިޔަ މީހުން ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ މައްސަލައާ ގުޅުން އޮވެދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީ އެވެ.

"އެއް ބަޔެއްގެ ގޮތުގައި އެ ރޭގައި ހޭދަކުރި މި ދެންނެވި މީހުންގެ ވެސް، މި މައްސަލައާ ގުޅުން އޮވެދާނެ ކަމަށް ބަލާފައި އެހެން މީހުން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރު އަޅުގަނޑުމެންނަށް ލިބިފައި،" ކޮމިޝަނަރު ވިދާޅުވި އެވެ.

ޝުޖާއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެ އެވެ. އެ މީހުންނަކީ:

  • 1-

    ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ

  • 2-

    އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް

  • 3-

    އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައި)

  • 4-

    ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)

  • 5-

    ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒް

  • 6-

    އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު

  • 7-

    ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ

  • 8-

    އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ

ޕާޓީ ކުރަން ތިބި މީހުން.
ޕާޓީ ކުރަން ތިބި މީހުން.

އެނގުން މުހިންމު - އެ ރޭ ފުރަތަމަ މި މީހުން ދިޔަ މއ. މާންދޫގޭގެ ދެކުނު ބަޔަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އޭނާގެ އެއްބަނޑު އެއްބަފާ މީހުންގެ ގެ އެވެ.

އެ ގޭގައި އޮތް އުފަން ދުވަހުގެ ޕާޓީގައި އުޅުނީ އަށް މީހެކެވެ. އެއީ ފަސް ފިރިހެނުންނާއި ތިން އަންހެނުންނެވެ. އެ މީހުން އެ ގޭގައި ހަތަރު ގަޑިއިރު ހޭދަކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުރާޅު މައްޗަށް ވެއްޓުނު އަންހެން ޒުވާނާ އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރަށް ލީ ކަމަށް ހޮނިހިރު ދުވަހު ހޮސްޕިޓަލުން ބުނެފައިވެ އެވެ. އޭނާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ވެންޓިލޭޓަރުން ނެގުމަށް ފަހު އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

ގުޅުން ހުރި - ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި އަދި އަމީނަށް ބޮބުބޭބެ ވިދާޅުވާ ދެ ބޭފުޅަކަށް މިއަދު ފިޔަވަޅު އެޅި އެވެ. އެގޮތުން:

  • ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ސަސްޕެންޑްކުރި

  • ރައީސް މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް އެކުލަވާލި ޔޫތު އެޑްވައިޒަރީ ކައުންސިލްގެ ރައީސް ކަމުން ދާއޫދު ވަކިކުރި

  • ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫން

ފާހަގަކުރެވޭ - ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ތުހުމަތުތައް އަމާޒުވުމުން، ޓްރާންސްޕޯޓް މިނިސްޓަރު އަމީން ރޭ ވަނީ ޕޯސްޓެއް ކުރައްވައިފަ އެވެ. އެގޮތުން:

  • އެ ގެއަކީ އަމީންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އިތުރު ތިން މީހުންގެ ވެސް މިލްކުގައިވާ ތަނެއް

  • ޒުވާނުންގެ ހަރަކާތް އޮތީ އަމީން ދިރިއުޅޭ އެޕާޓްމަންޓަކު ނޫން ކަމަށް ވިދާޅުވެ އޭގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ލިއުއްވި

  • އެ ހަރަކާތުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ ކޮއްކޮއަކު ބައިވެރިވި؛ ހާދިސާއަށް ފަހު އެ މީހުންނާ ސުވާލުކުރަން ވެސް ފުލުހުން ގެންދިޔަ

  • އެ ހުރިހާ ކަމެއް އެނގިވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރު؛ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވި



ކޮމެންޓް (3)

ތެފައާސާ.

24 އޭޕްރީލު 2025
ލޮލް. ޖެންޒީ މުޒާހަރާއަށް ނިކުތީމާ ދެން ތި ހުރިހާ ކަމެއްވެސް ކުރާނެ.
2 0

ގަދަގަދަ

24 އޭޕްރީލު 2025
ސަދޫމް ސިޓީގައި ފުލުހުންގެ ދައުރު ތަފާތުވާނެ، ތަފާތު ދައްކާނެ، މަސްތުވާތަކެތި ބޭނުންކޮށް، ޕާޓީ ކުރިކަން ފަޅާއެރުމުން، އޭގައި ބައިވެރިވި 6 މީހެއްގެ ތަހުގީގު ފަަށައި، ޕާޓީކުރިތަން ބަލާފާސްކުރަނީ ހާދިސާގެ 6 ދުވަސް ފަހުން، އެބަހީ، 1. ޑްރަގު ބޭނުންކުރި މީހުން ދެން ޓެސްޓުކިރިއަސް އެކަމުގެ އެއްވެސް އަސަރެއް ނުފެންނާނެ. 2. ޕާޓީ ކުރި އެޕާޓްމަންޓު "ސާފު" ކޮށް ބަނގުރަލާ ޑްރަގްސް މިހާރު ހުންނާނީ ރައްކާކޮށްފައި. ދައުވާކުރަން ވިސްނާވަރުގެ ހެއްކެތްވެސް ނުލިބޭނެ
5 0

މާލޭ މީހުން

24 އޭޕްރީލު 2025
ލެޓްސް އަންބަރާ...
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް