ފުލުހުން މިއަދު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އަންހެން މީހާ ވެއްޓުން: 7 މީހުންނާ ގުޅުން ހުރި ތަންތަން ފާސްކުރަން ފަށައިފި
އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅުން ހުރި މީހުންނާއި އެ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އެ މައްސަލާގައި ހިމެނޭ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އާއި އޭނާއާ އެކު އެތަނުގައި ހުރި ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ހަތް މީހަކު ހިމެނޭ ކަމަށެވެ.
ތަފްސީލް - އެ ހަތް މީހުންގެ ޕާސްޕޯޓު ހިފަހައްޓައި އެ މީހުންނާ ގުޅުންހުރި ތަންތަން މިހާރު ބަލައި ފާސްކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި މައްސަލައާ ގުޅުންހުރި އަށް މީހުންގެ ވަނަވަރު ވެސް އާންމު ކޮށްފަ އެވެ. އެއީ:
-
1-
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
-
2-
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
-
3-
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުރީ ރައީސް އޮފީހުގެ މަގާމެއްގައި)
-
4-
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)
-
5-
ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް
-
6-
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
-
7-
ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
-
8-
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މައްސަލައާ ގުޅޭ ގޮތުން ރައުދުއާ ސުވާލުކޮށް އޭނާގެ ފަރާތުން އެ ހާދިސާގެ މައުލޫމާތު ހޯދަން ފެށި ކަމަށެވެ. އެގޮތުން:
-
ކޯޓު އަމުރެއްގެ ދަށުން ރައުދު އުޅޭ ތަން ބަލައި ފާސްކޮށް އޭނާގެ ފޯނާއި ޕާސްޕޯޓު ވަނީ ހިފަހައްޓާފައި
-
އޭނާއާ ސުވާލު ކުރަމުން ދިޔައިރު ފާހަގަވި ކަމަކީ އެ މީހުންގެ އިތުރުން ހަތް މީހަކު އެ ރޭ މާލޭގައި އެހެން ދެ ގެއަކަށް އެއްކޮށް ދިޔަ
-
އެ މައުލޫމާތުތައް ޔަގީން ކުރުމަށް އެ ސަރަހައްދުތަކުގައި ހުރި ހުރިހާ ކެމެރާއެއްގެ ފޫޓޭޖު ވަނީ ބަލާފައި
-
އެ އެންމެންގެ ބަޔާން މިހާރު ވަނީ ނަގާފައި
-
ތަހުގީގަށް މިހާތަނަށް އެނގިފައިވަނީ އަންހެން މީހާ ވެއްޓުނު އިރު އެ އިމާރާތުގައި ތިބީ އޭނާ އާއި ރައުދު އެކަނި
"އެ ހާދިސާ އާއި އެހެން މީހުންނާ ގުޅުވުމަށް އެއީ އެ މީހުންގެ ފަރާތުން ހިނގި ކަމެއްތޯ ބަލަން ޖެހޭނީ ތަހުގީގެއް ކުރަން،" ކޮމިޝަނަރު ވިދާޅުވި އެވެ.
"އެއް ބަޔެއްގެ ގޮތުގައި އެ ރޭ ހޭދަކުރި މީހުން މައްސަލައާ ގުޅުން ހުރި ކަމަށް ބަލާފައި ބޭރަށް ފުރުން ވަނީ މަނާކޮށްފައި."
ސީޕ ވިދާޅުވީ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ފުލުހުންނަށް އިތުރަށް ވަގުތު ބޭނުންވާނެ ކަމަށާއި ފުލުހުންގެ ވަސީލަތްތައް ތަން ނުދޭ ނަމަ ރާއްޖޭން ބޭރުގެ އެހީ ވެސް ހޯދާނެ ކަމަށެވެ.
ފާހަގަ ކުރެވޭ - މި މީހުންގެ ތެރޭ ހިމެނޭ އިޒްދިޔާން މުހައްމަދު މައުމޫން ހުންނެވީ ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ކޮމެންޓް (4)
ޙުއްތު
މުއުމިނާ
ތެފައާސާ.
ޖޯޖު