އިޒްދިޔާން.

ރައީސް އޮފީސް

ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމުން އިޒްދިޔާން ވަކިކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު އަމީންއަށް ބޮޑުބޭބު ވިދާޅުވާ އިޒްދިޔާން މަގާމުން ވަކިކޮށްފައިވަނީ މާލޭގެ ގެއަކުން އަންހެނަކު ވެއްޓުނު މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާ މާލޭގައި ރޭ މުޒާހަރާކޮށްފައި ވަނިކޮށް

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މިއަދު މަގާމުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއަށް ބޮޑުބޭބު ވިދާޅުވާ އިޒްދިޔާން މަގާމުން ވަކިކޮށްފައިވަނީ މާލޭގެ ގެއަކުން އަންހެނަކު ވެއްޓުނު މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާ މާލޭގައި ރޭ މުޒާހަރާކޮށްފައި ވަނިކޮށެވެ.

އެނގުން މުހިންމު - ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް ވެސް ވަނީ މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން މިއަދު ސަސްޕެންޑްކޮށް، ޔޫތު ކައުންސިލުން ވެސް ވަކިކޮށްފަ އެވެ. ދާއޫދު ވެސް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވެ އެވެ. އަދި އަންހެން މީހާ ވެއްޓުނު އިމާރާތަށް އެ މީހާއާ އެކު ވަންނަނީ ދާއޫދުގެ ކޮއްކޮ، ރައުދު އަހުމަދު ޒިލާލެވެ.

ތަފްސީލް - އެ މައްސަލާގައި ހިމެނޭ އަންހެން މީހާ އާއި އޭނާއާ އެކު ގެއަށް ވަތް ފިރިހެން މީހާގެ އިތުރުން އެ ހާދިސާ ހިނގުމުގެ ކުރިން އެ މީހުންނާ އެކު އިތުރު ބަޔަކު އުޅުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ މީހުންގެ ވަނަވަރު ހާމައެއް ނުކުރެ އެވެ.

ފުލުހުން އެ މައްސަލާގައި ބޭއްވި ފުރަތަމަ ނޫސްވެެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ވެއްޓުނު އަންހެން މީހާ އާއި އޭނާއާ އެކު ހުރި ފިރިހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ މީހުންނާ އެކު އޭގެ ކުރިން އުޅުނު މީހުން މަސްތުވާތަކެއްޗަށް ޓެސްޓު ކުރަން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަސްމަންޒަރު - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ދެ ދުވަސް ފަހުން ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

24 އޭޕްރީލު 2025
ރައީސް މުއިއްޒު އަކީ މޫނަކަށް ކަނދުރާއަކަށް ނުބަލައި ފިޔަވަޅު އަޅުއްވާނެ ބޭފުޅެއް. ހަމަ އެކަނި ޖެހޭނީ ހަފްތާއެއް ވަންދެން އެންމެން އެވާހަކަ ދައްކައި މަގުތަކަށް ނިކުމެ މުޒާހަރާކޮށް ދެން ސަލާމަތްނުވާނޭވަރަށް ޕްރެޝަރު ކުރަން. ދެން އޭގެ ފަހުން ރައީސް ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅުއްވާނެ. ޝުކުރިއްޔާ ރައީސް. މަރުހަބާ ސަރުކާރު. ތަހުނިޔާ ޕީއެންސީ. ކުރިއަށް ދިވެހި ގައުމު.
4 0

ސިކުނޑި

24 އޭޕްރީލު 2025
ޒުވާނުން ބާރުވެރި ކުރުވަން އުޅެގެން ތާހިރު ވެއްޖެއެއްނު! ނިޔަތް ރަނގަޅުނުވީމާ ވާނީ މިހަލަ ކަންކަން! ޔޫތު ކައުސިލަށާއި ރައީސް އޮފީހުގެ މަގާމުތަކަށް ނަގަންޖެހެނީ ވަޒީރުންނަށް ބޮޑުބޭ ވިދާޅުވާ ބޭފުޅުންތަ؟ ބޮޑު ބޭބޭފުޅުވެސް އިސްތިއުފާ ދެއްވަންޖެހޭ! ސަބަބަކީ، އެ ކުދިންނަށް ފުރުސަތު ހޯދައިދިނީ ބޮޑުބޭބޭފުޅުގެ ބާރުގައި ކަމަށްވާތީ! ކޮންމެ ބޭފުޅަކުވެސް ޒިންމާ ނަންގަވަންވާނެ!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް