ދާއޫދު.
ދާއޫދު ޔޫތު ކައުންސިލުން ވަކިކޮށް، ރައީސް އޮފީހުގެ މަގާމުން ސަސްޕެންޑްކޮށްފި
ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން މިއަދު ސަސްޕެންޑްކޮށް، ޔޫތު ކައުންސިލުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު ހެނދުނު މާލޭގެ ގެއެއްގެ ފުރާޅު މަތީ ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލަ ހޫނުވިއިރު، އެ ޒުވާނާއާ އެކީ އޭނާ ވެއްޓުނު އިމާރާތަށް ވަންނަނީ ދާއޫދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލާ އެކުގަ އެވެ. ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އޭގެ ފަހުގައި، ދާއޫދު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ތަން ފެންނަ ފޮޓޯ އާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. މިއާ އެކު، ދާއޫދު މަގާމުން ވަކިކުރުމަށް ގޮވާލާ އަޑުތައް ގަދަވެގެން ދިޔަ އެވެ.
ތަފްސީލް - ރައީސް އޮފީހުގެ މަގާމުން ސަސްޕެންޑްކުރުމުގެ އިތުރަށް ޒުވާނުންގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް އެކުލަވާލި ޔޫތު އެޑްވައިޒަރީ ކައުންސިލްގެ ރައީސް ކަމުން ވެސް ދާއޫދު ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް'ގައި ލިޔުއްވި ގޮތުގައި، ދާއޫދު ޒުވާނުންގެ ގައުމީ ލަފާ ދޭ ކޮމިޓީން ވަކިކުރީ އެ ކޮމިޓީން އޭނާ އިސްތިއުފާ ދިނުމަށް ހުށަހެޅުމުންނެވެ.
ގުުޅުން ހުރި - ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވެސް ވަނީ މިއަދު މަގާމުން ވަކިކޮށްފަ އެވެ.
ކޮމެންޓް (1)
ތެފައާސާ.