ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން މި ސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިޔާތުގެ ތެރެއިން. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ރަސްމާލެ، ގުޅިފަޅު، ގިރާވަރުފަޅު ހިއްކަން 15 މިލިއަން ޑޮލަރު ހޯދަނީ

މީގެ އިތުރުން، މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގަން ވެސް 5 މިލިއަން ޑޮލަރު އެ ގަރާރުގައި ރައީސް ހިމަނުއްވާފައިވޭ

ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއު ހިމެނޭހެން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކ. ގުޅީފަޅު އަދި ގިރާވަރުފަޅުން ބިން ހިއްކަން އެންމެ ދަށްވެގެން 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހަރަދުކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިންވެސްޓްމަންޓް ސިޔާސަތުގައި އިއްޔެ ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ އަމިއްލަ މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އަލުން ކަނޑައަޅުއްވައި އިއްޔެ ވަނީ އާންމުކުރައްވާފަ އެވެ.

ތަފްސީލް - ރައީސް މުއިއްޒު ސޮއިކުރައްވައި އިއްޔެ އާންމުކުރައްވާފައިވާ ގަރާރުގައި ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ 25 މަޝްރޫއަކާއި އެ މަޝްރޫއަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރު ބަޔާންކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ބޯހިޔާވަހިކަމަށް މާލެ އަތޮޅުން ހިއްކާ ހަތަރު ސަރަހައްދަކާއި އެކަމަށް ހަރަދުކުރަންޖެހޭ މިންވަރު ކަނޑައަޅާފައިވެ އެވެ. އެއީ:

  • ރަސްމާލެ މަޝްރޫއުއަށް ބިން ހިއްކަން - 5 މިލިއަން ޑޮލަރު (77 މިިލިއަން ރުފިޔާ)

  • ގުޅީފަޅުން ބިން ހިއްކަން - 5 މިލިއަން ޑޮލަރު

  • ގިރާވަރުފަޅުން ބިން ހިއްކަން - 5 މިލިއަން ޑޮލަރު

  • އުތުރުތިލަފަޅުން ބިން ހިއްކަން - 5 މިލިއަން ޑޮލަރު

މީގެ އިތުރުން، މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގަން ވެސް 5 މިލިއަން ޑޮލަރު އެ ގަރާރުގައި ރައީސް ހިމަނުއްވާފައިވެ އެވެ. އަދި ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރަން ވެސް ހިމަނާފައިވަނީ 5 މިލިއަން ޑޮލަރެވެ.

އެއާ އެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކަކާއި 'އައްސޭރި ޓޫރިޒަމް' މަޝްރޫއުތަކެއްގެ އިތުރުން ސޯޝަލް ހައުސިން މަޝްރޫއުތަކާއި ބިން ހިއްކުމާއި ކޯޒްވޭއިން ގުޅާލުން ފަދަ މަޝްރޫއުތައް ވެސް މި ގަރާރުގައި ހިމަނުއްވާފައިވެ އެވެ.

ކޮމެންޓް (2)

ތެފައާސާ.

23 މާރިޗު 2025
އެހެންވީމާ ބޮޑެތި މަޝްރޫއު އިއުލާންކޮށް އިފުތިތާހުކޮށް މި ހަދަނީ މަޝްރޫއު ހިންގަން ބޭނުންވާ އެންމެ އަސާސީ ކަންވެސް ފުރިހަމަ ނުކޮށް؟ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވޭނީ މިވަރަކަށް.
1 0

ސިކުނޑި

22 މާރިޗު 2025
ކޮންތާކު މިޖެހުނީ؟؟!! މިވަރު ކުރި ހުވާވެސް ސައްހައެއްނުވާނެ!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް