މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފައަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޝަމްއާން ވަހީދު ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓް ބަލާފާސްކޮށް 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ކުއްލި ގޮތަކަށް ވަކިކުރި ޝަމްއާން ވަހީދު ދިރިއުޅުއްވާ އެޕާޓަމްންޓް ބަލާފާސްކޮށް، ގިނަ އަދަދެއްގެ ނަގުދު ފައިސާ ފުލުހުން ރޭ ހިފަހައްޓާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ. މި ފައިސާތަކުގެ އަދަދު ދިވެހި ރުފިޔާއިން ބަލާ ނަމަ، 400،000އަށް ވުރެ ގިނަ އެވެ.
ވީ ކިހިނެއް؟ - ޝަމްއާން ހިމެނޭހެން އިމިގްރޭޝަން އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. މިކަމުގައި ސީދާ ޝަމްއާންއަށް ތުހުމަތެއް ކުރާކަން ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ނެތަސް އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ބިދޭސީން އަތުން ފައިސާ ނެންގެވި ކަމުގެ ތުހުމަތު އޭނާއަށް ވެސް އެބަ އޮތެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޝަމްއާންގެ އެޕާޓްމަންޓް ބަލާފާސްކޮށްފަ އެވެ. އޭގެ މައުލޫމާތު އެނގޭ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވީ އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާފައިވާ ކަމަށެވެ. އެގޮތުން:
-
200،000އަށް ވުރެ ގިނަ ރުފިޔާ
-
10،000 ޑޮލަރު (154،200ރ.)
-
11،000 މެލޭޝިއާ ރިންގިޓް
-
އެނޫނަސް ބައެއް އެހެން ގައުމުތަކުގެ ފައިސާ ހިމެނޭ
"މި ހުރިހާ ފައިސާއާ އެކު ގާތްގަނޑަކަށް 400،000 އާއި 500،000 ރުފިޔާގެ އަދަދެއްގެ ފައިސާ އުޅޭނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަކާ ގުޅުވައި ބިދޭސީ/ބިދޭސީންތަކެއް އަތުން ހޯދި ކަމަށް ބެލެވޭ ފައިސާ ވެސް، އޭގެ ތެރޭގައި ހިމެނެ އެވެ. މި މައްސަލައިގައި ފުލުހުން އިއްޔެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންނާ ވެސް އެކަމާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވެ އެވެ.
މި ތުހުމަތުތަކާ ގުޅޭ ގޮތުން ޝަމްއާންގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
ކޮމެންޓް (7)
ބޯހަލާކު
ހައްޕު
ކޮސް
ނަމީ
އަލްމަން
ލޯންޗް ސެކްސަން
ތެފައާސާ.