ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި އިމިގްރޭޝަންގެ އޮފިސަރުންތައް ބިދޭސީންގެ ވިސާ ބަލައި ފާސްކުރަނީ(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
އިމިގްރޭޝަން އޮފިސަރުންތަކެއްގެ ރިޝްވަތުގެ މައްސަލައެއްގެ ތަހުގީގު ފަށައި ބަޔަކު ހައްޔަރުކޮށްފި
އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާކަން ފުލުހުން މިރޭ ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ތަފްސީލް - އެ އޮޕަރޭޝަންގެ ބައެއް ތަފްސީލް ދެމުން ބަޔާނުގައި ބުނީ:
-
އިއްޔެ ރޭ ހާއްސަ އޮޕަރޭޝަނެއްގައި ހިންގާ ގެއެއް ވަނީ ބަލައި ފާސްކޮށްފައި
-
އަދި 3 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި
ފުލުހުން ބުނީ ތަހުގީގު ކުރިއަށް ދާ ވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ގުޅުންހުރި - އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން މިރޭ ހާމަކުރިއިރު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވަނީ މިހާރު މަގާމުން ވަކިކޮށްފަ އެވެ.