އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން މަގާމުން ވަކިކޮށްފި

މި ސަރުކާރުން ޝަމްއާނަށް ވަޒީފާ ދީ، އިމިގްރޭޝަން ކޮންޓްރޯލަރުގެ ވަޒީފާއަށް އައްޔަންކުރީ 19 ނޮވެމްބަރު 2023ގަ

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން މުހައްމަދު ޝަމްއާން ވަހީދު މިއަދު ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭޭނާ މަގާމުން ވަކިކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. 

އެކަމާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ޝަމްއާން ވަކިކުރި އިރެއް އަދި ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.

އެނގުން މުހިންމު - އިމިގްރޭޝަނުގައި 14 އަހަރެއްހާ ދުވަހު މަސައްކަތްކުރެއްވި ޝަމްއާން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަޒީފާއިން ވަކިކުރި އެވެ.

އެކަމަކު 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ޝަމްއާން ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އަލުން ވަޒީފާ ރުޖޫއަ ކޮށްދިނުމަށް ހުކުމްކޮށްފަ އެވެ.

މި ސަރުކާރުން ޝަމްއާނަށް ވަޒީފާ ދީ، އިމިގްރޭޝަން ކޮންޓްރޯލަރުގެ ވަޒީފާއަށް އައްޔަންކުރީ 19 ނޮވެމްބަރު 2023ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް