2 ޑިސެމްބަރު 2024 - 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭގައި ހަދަމުން އަންނަ 4،000 ފްލެޓް ހިމެނޭ މަޝްރޫއުގެ ބައެއް އިމާރާތްތައް (ފޮޓޯ/ދައުރު)
ބާކީ ފްލެޓުތައް ދޭނީ 15،000 ފޯމު އިވެލުއޭޓުކޮށްފައި
'ގެދޮރިވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށާއި ބާކީ ފްލެޓުތައް ދޭނެ ބަޔަކު ކަނޑައަޅާނީ ކުރީ ލިސްޓުގައި ތިބި ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް ވެސް އިވެލުއޭޓު ކުރުމަށް ފަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވެރިފިކޭޝަނަށް ފަހު އެކުލަވާލާ ފްލެޓު ލިސްޓު މިއަދު އާންމު ކުރާނެ އެވެ.
ތަފްސީލް - ފްލެޓު ލިސްޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތޮލިބު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑު ތަނުން މަދުވެފަ އެވެ. އެގޮތުން ކުރިން:
-
ތިން ކޮޓަރިއަށް 75 ޕޮއިންޓުން މަތިން ކުރިން ލިބުނީ 3،721 މީހުންނަށް
-
މިހާރު އެވަރަށް ޕޮއިންޓް ލިބިފައި ވަނީ 1،423 މީހުންނަށް
-
އެހެންކަމުން 2،298 މީހުން ލިސްޓުން ބާކީވޭ
ޖުމްލަ 73 ޕޮއިންޓަށް ވުރެ މަތިން ލިބިގެން ދެ ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ބަލާއިރު
-
ކުރިން ލިސްޓްގައި އޮތީ 1،218 މީހުންގެ ނަން
-
އެކަމަކު 73 ޕޮއިންޓަށް ވުރެ މިހާރު ޕޮއިންޓް ލިބިފައި ވަނީ 397 މީހުން
-
އެހެންކަމުން 821 މީހުން ލިސްޓުން ބާކީވޭ
މީގެ ކުރިން އިއުލާނުކޮށްފައިވާ އުސޫލުގައި ޝަރުތު ހަމަވާ ކަމަށް ކުރިން ގެޒެޓުކޮށްފައިވާ ލިސްޓުގައި ވަނީ:
-
ދެ ކޮޓަރީގެ އެޕާޓުމެންޓަށް 4،939 މީހުން
-
ތިން ކޮޓަރީގެ އެޕާޓުމެންޓަށް 3،721 މީހުން
މިނިސްޓަރު ވިދާޅުވީ 4،000 ފްލެޓުގެ ތެރެއިން 1،820 މީހުންނަށް ދިނުމަށް ފަހު ބާކީ ހުރި ފްލެޓުތައް ދޭނީ ވެސް ގެދޮރުވެރިޔާ އަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ބާކީ ތިބި މީހުންގެ ފޯމުތައް ވެސް އިވެލުއޭޓު ކުރުމަށް ފަހު އެމީހުންގެ ތެރެއިން ޕޮއިންޓު ހަމަވާ މީހުންނަށް ކަމަށެވެ. އެކަމަށް ހަތަރު މަސް ވަރު ހޭދަވާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން ކުރާނެ ކަމަކީ ބާކީ ހުރި ފޯމުތައް މި ދެންނެވި އުސޫލުން ވެރިފައިކުރުމަށް ފަހު ޕޮއިންޓު ދިނުން. އެހެން ނަމަވެސް، ފްލެޓު ލިބޭނެ ކަމަށް15 ނޮވެމްބަރު 2023 ގައި އިއުލާނު ކުރި ލިސްޓުގައި ހިމެނުނު އެއްވެސް ފަރާތަަކަށް ދިނުމަށް ކަނޑައާޅާފައިވާ ފްލެޓެއް އެއްވެސް އެހެން ފަރާތަކަށް ދިނުމަށް އަދި އަޅުގަނޑުމެން ކަނޑައެއް ނާޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މާނައަކީ ޝަކުވާގެ މުއްދަތުގެ ތެރޭގައި އެފަރާތުން ހުށަހަޅާ ޝަކުވާ އަށް ބަލާ އަދި އެހެން ގޮތަކުން ވެސް އެފަރާތަކުން އަޅުގަނޑުމެންގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންނަމަ އެ ފުރުސަތު ވެސް ދީފައި، މި ޕްރޮސެސްގެ ތެރެއިން ބާކީވާ ފްލެޓުތައް ކަނޑައެޅޭ ފަރާތްތަކަށް ދޭނީ."
އެއްވެސް މީހަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް ނުދޭން ނިންމާ އެ އެހެން މީހަކަށް ދެނީ ނޫން ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން
ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތާ އެކު ޝަކުވާއަށް މަހެއް
27 ފެބްރުއަރީ 2025
ގެދޮރުވެރިޔާ ފްލެޓު: 2 ކޮޓަރިއަށް 7،000ރ.؛ 3 ކޮޓަރިއަށް 9،000ރ.
27 ފެބްރުއަރީ 2025
ފްލެޓަށް ޝަރުތު ހަމަވީ 1،820 މީހުން؛ ކުރީގެ ލިސްޓުގައި 8،660
27 ފެބްރުއަރީ 2025
ފްލެޓުތަކަށް ނަގާނެ ކުލިވެސް މިނިސްޓަރު މިއަދު ހިއްސާ ކުރެއްވި އެވެ. ލޯނު ދެއްކުމަށް ހޭދަވާ އަދަދު ސަބްސިޑައިޒްކޮށް ކަނޑައަޅާފައިވަނީ:
-
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ؛ ޑައުންޕޭމެންޓަށް 15،000ރ.
-
ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ؛ ޑައުންޕޭމެންޓަށް 25،000ރ.