ޓޫރިޒަމް މިނިސްޓަރު ކަމަށް ތޯރިގް (ވ) އައްޔަންކޮށް ރައީސް މުއިއްޒު(ކ) އޭނާއަށް ލިޔުން ހަވާލުކޮށްދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަންކޮށް، ދެ މިނިސްޓްރީ އެއްކޮށްލައިފި

ޓޫރިޒަމް މިނިސްޓަރު ކަމަށް ތޯރިގް އައްޔަކޮށްފައި މި ވަނީ، އެންވަޔަރަމަންޓް މިނިސްޓްރީއާ އެއްކޮށްލުމަށްފަހު

ހުސްވެފައިވާ ޓޫރިޒަމް މިނިސްޓްރީގެ މަގާމަށް އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހިމް މިއަދު ރައީސް އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަގާމަށް ތޯރިގް އައްޔަންކުރައްވާފައި މި ވަނީ، އޭނާ ކުރިން ހުންނެވި އެންވަޔަރަމަންޓް މިނިސްޓްރީއާ އެއްކޮށްލުމަށް ފަހު އެވެ. އެކަން މިއަދު ރައީސް އޮފީހުން ވަނީ ދެންމެ ހާމަކޮަށްފަ އެވެ. 

ތަފްސީލު - ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް، މިދިޔަ ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ޓޫރިޒަމް އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމަށް ފަހު، އެ މިނިސްޓްރީގެ ވަޒީރަކަށް ތޯރިގް އައްޔަން ކުރުމާ އެކު އޭނާ މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ. އެގޮތުން:

  • ރައީސް އޮފީހުގައި މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޭނާ ވަނީ މަގާމުގެ ހުވާ ކުރައްވާފައި ވަނީ، ސުޕްރީމްކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރި މަތީގައި

  • މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އޭނާއަށް މަގާމު ދެއްވިކަމުގެ ލިޔުން ހަވާލުކޮށްފައި

"މިނިސްޓްރީ އޮފް ޓޫރިޒަމް، އެންޑް އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގް އިބްރާހީމް އައްޔަނުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާ ބައްދަލުކުރައްވައިފަ އެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ." ރައީސް އޮފީހުގެ ލިޔުމުގައި ބުނެފައި އެވެ.

ފާހަގަކޮށްލެވޭ ކަމެއް -  ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި ޖުމްލަ 22 ވަޒީރުން ހިމެނެ އެވެ. ހައުސިން މިނިސްޓްރީގެ މެންޑޭޓުތައް އެހެން ދެ މިނިސްޓްރީއަކާ ހަވާލުކޮށް، އެ މިނިސްޓްރީ އުވާލައި އަދި ޓުރިޒަމް އާއި އެންވަޔަރަމަންޓް އެއްކޮށްލުމުން މިހާރު ވަޒީރުންގެ މަޖިލީހުގެ އަދަދަކީ 20 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް