އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މީގެ ކުރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާއެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ އިބްރާހިމް އިފާޒު)

އިޒްރޭލް ޕާސްޕޯޓު މަނާ ކުރާ ބިލުގެ މަސައްކަތް 5 މަސް ފަހުން ފަށަނީ

މި ބިލާ ގުޅިގެން ބާއްވާ 241 ކޮމިޓީގެ ފުރަތަމަ މި ބައްދަލުވުން ތާވަލްކޮށްފައިވަނީ އަންނަ އަންގާރަ ދުވަހު ހެނދުނު 9:30އަށް

އިޒްރޭލް ރައްޔިތުން ރައްޖެއަށް އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ބިލުގެ މަސައްކަތް ފެށުމަށްޓަކައި، ކަމާ ގުޅުން ހުރި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް އެ ބިލުގެ މަސައްކަތް ފަށަން ތާވަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެ ބިލު ހުށަހެޅުއްވީ މީގެ ފަސް މަސް ކުރިން ޖޫން މަހުގެ ކުރީކޮޅު އެވެ. އެގޮތުން:

  • އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވި ފަހުން، އެ ބިލުގެ މަސައްކަތް އޮތީ ނުފަށާ 

  • އެހެންވެ، އެކަމުގެ ކަންބޮޑުވުން އެމްޑީޕީ އާއި ބައެއް އާންމުން ވެސް ފާޅުކޮށްފައިވޭ

  • މި ބިލު ހުށަހެޅި ފަހުން، ޖޫންގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ނިންމާފައިވޭ

ތަފްސީލު - ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މި ބިލު ދިރާސާ ކުރާ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް ފަލާހު ވިދާޅުވީ، އަންގާރަ ދުވަހު އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށް ބިލު ތާވަލްކޮށްފައިވާ ކަމަށެވެ.

"އަންގާރަ ދުވަހު ހެނދުނު 9:30ގައި އޮންނަ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ބިލުގެ [މަސައްކަތް ނިންމާނެ] ސުންގަޑި ކަނޑައެޅުން،" އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުށަހެޅިފައިވާ ބިލަށް ސަރުކާރުން ގެންނަން ބޭނުންވާ ވަކި އިސްލާހެއް އަދި ނެތެވެ. ނަމަވެސް ސުންގަޑި ކަނޑައެޅުމަށް ފަހު، ކަމާ ގުޅުން ހުރި ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް